ބޭރު ކުޅިވަރު

ބީބީސީ އަހަރުގެ ޝަހްސިއްޔަތަކަށް އެންޑީ މަރޭ

Dec 19, 2016

ބްރިޓީޝް ބްރޮޑްކާސްޓް ސެންޓާ (ބީބީސީ) އިން ހޮވާ އަހަރުގެ ކުޅިވަރުގެ ޝަހްސިއްޔަތަކަށް ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ އެންޑީ މަރޭ ހޯދައިފި އެވެ.

މަރޭ މި އެވޯޑް ހޯދުމާއެކު އޭނާ ވެފައިވަނީ ތިން ފަހަރެއްގެ މަތިން މި އެވޯޑް ހޯދި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. އޭނާ ވަނީ މިދިޔަ އަހަރުވެސް މި އެވޯޑް ހޯދާފަ އެވެ. އޭގެ ކުރިން 2013 ވަނަ އަހަރުވެސް އެވޯޑް ހޯދި އެވެ.

އެވޯޑްގައި މަރޭއާ ވާދަ ކުރީ ބައިސްކަލް ރޭސް ޖެހުންތެރިޔާ އެލަސްޓާ ބްރޯންލީ އާއި ސްނޯ ޖަމްޕު ޖެހުންތެރިޔާ ނިކް ސެކެލްޓޮން އެވެ.

އެވޯޑްގެ ވޯޓްގައި މަރޭ އަށް ލިބިފައިވަނީ 247،419 ވޯޓް، ބްރޯންލީ އަށް 121،665 ވޯޓް، ސްކެލްޓޮން 109،197 ވޯޓެވެ.

ޓެނިސް ގެ ދުނިޔޭގައި މިއަހަރު އެންމެ ބޮޑު ކާމިޔާބެއް ހޯދި ކުޅުންތެރިޔަކީ މަރޭ އެވެ.

- ޖޫން މަހު ވިމްބަލްޑިން ޗެމްޕިއަންކަން ހޯދުން
- އޯގަސްޓް މަހު އޮލިމޕިކް މެޑަލް ދިފާއު ކުރުން
- ތިން އަހަރު ވަންދެން ދުނިޔޭގެ އެއް ވަނައިގައި އޮތް ސާބިއާގެ ނޮވެކް ޖޮކޮވިޗް ފަހަތަށް ޖައްސާލުމަށް ފަހު އެއް ވަަނަ އަށް އެރުން

"މި އަހަރަކީ އިނގިރޭސި ވިލާތުގެ ކުޅިވަރަށް ބޮޑު ކާމިޔާބު ތަކެއް ލިބުނު އަހަރެއް، އެކަމުގައި އަހަންނަށް ބައިވެރިވެވުމަކީ ލިބުނު އުފަލެއް." 29 އަހަރުގެ މަރޭ ބުންޏެވެ.