ބޭރު ކުޅިވަރު

50 އަހަރު ވަންދެން އަހަންނަށް މިގޮތަށް ކުޅެވޭނެ: އިބްރަހިމޮވިޗް

Dec 19, 2016
1

އުމުރުން 50 އަހަރު ވަންދެން އޭނާ އަށް މިގޮތަށް ކުޅެވޭނެ ކަމަށް މެންޗެސްޓާ ޔުނައިޓާޑަށް ކުޅެމުންދާ އުރުމުން 35 އަހަރުގެ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް ބުނެފި އެވެ.

ޒްލަޓާން އޭނާ ސިފަ ކުރީ "ރެޑް ވައިން" އެއްގެ ގޮތުގަ އެވެ.

"އުމުރުން ދުވަސްވާ ވަރަކަށް އަހަރެން ދާނީ އިތުރަށް ރަނގަޅު ވަމުން. ރެޑް ވައިން އަށް ވެސް ވަނީ އެހެން. އަހަރެންގެ މިސާލަކީ ރެޑްވައިންގެ މިސާލު." ސްވިޑެންގެ ކުރީގެ ކެޕްޓަން ބުންޏެވެ.

ސީޒަންގައި އުނދަގޫ މަރުހަލާއެއްގައި އޮތް މެންޗެސްޓާ ޔުނައިޓަޑާ އެކު ކުޅުނު ނުވަ މެޗްގައި އިބްރާ ވަނީ 10 ލަނޑު ކާމިޔާބު ކޮށްފަ އެވެ.

"އަހަރެން ހިތްހަމަޖެހޭ އަހަރެން މިހުރީ ވަރަށް އުފަލުން، އަހަރެންގެ އުމުރުން 35 ވިޔަސް އަހަރެންގެ ވިސްނުން 20 އަހަރު."

"އަހަންނަށް އުމުރުން 50 އަހަރު ވަންދެން މި ފެންވަރުގައި ކުޅެވޭނެ."

ފްރީ ޓްރާންސްފާއެއްގެ ދަށުން މި ސީޒަންގައި މެން ޔޫ އާ ގުޅުނު ޒްލަޓާން އެޓީމަށް ސޮއި ކުރީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. ނަމަވެސް އޭނާގެ ފަޜާތުން މިހާރު ފެންނަމުންދާ ކުޅުމުން އާ ކޮންޓްރެކްޓަކަށް އޭނާއާ އެކު ދާނެ ކަމަށް ބެލެވެއެވެ.

"އަހަންނަށް ދުވަސްވާ ވަރަކަށް އަހަންނަށް މޮޅަށް ކުޅެވޭ."