ރާއްޖެ ކުޅިވަރު

ކޯޗާއެކު އެއްބަސް ވުމަކަށް އައުން އާ މަރުހަލާއަކަށް

ގައުމީ ޓީމުގެ ކޯޗަކަށް އެންމެ ފަހުން ހުރި އޮސްޓްރޭލިއާގެ ޑަރެން ސްޓުވާޓް އަލުން ރާއްޖޭގެ ގައުމީ ކޯޗަކަށް ގެނައުމުގެ މަސައްކަތް އެފްއޭއެމުން ފަށައިފި އެވެ. މި މަހު ކުރީ ކޮޅު ބޭއްވި ފިފާގެ ކޮންގްރެސްގައި ބައިވެރިވެ ވަޑައިގަމަށް ސިންގަޕޫރަށް ވަޑައިގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ސިންގަޕޫރުގައި ދިރިއުޅެމުންދާ ސްޓުވާޓާ ބައްދަލުކޮށް އޭނާއާއެކު އިތުރަށް މަޝްވަރާ ކޮށްފަ އެވެ.

ޖޫން މަހު ރާއްޖޭގެ ކޯޗަކަށް ސްޓްވާޓް ގެނައީ އޭނާ އާއެކު އަނގަ ބަހުން އެއްބަސް ވެގެންނެވެ. އެހެންވެ ކޮންޓްރެކްޓެއް ނެތުމުން، ސްޓުވާޓަށް ޖެހުނީ އެނބުރި ސިންގަޕޫރަށް ދާށެވެ. އެހެންވެ ސްޓުވާޓާއެކު އެއްބަސްވުމަށް އައުން މިހާރު އޮތީ އެހެން މަރުހަލާއެއްގަ އެވެ.

"ކޯޗާއެކު ބޭއްވި ބައްދަލުވުމުގައި ވެވޭ އެއްބަސްވުމުގައި ސީނިއާ ޓީމުގެ އިތުރުން ގައުމީ ޓީމުގެ ޓެކްނިކަލް އެހެން މަސައްކަތްތަކާއި މުސާރައިގެ ކަންކަމާ މެދު މަޝްވަރާ ކުރިން. އަދި ކޯޗްގެ ފަރާތުން ވެސް އެއްބަސްވުމަށް ބައެއް ހުށަހެޅުންތައްވެސް އެބަހުރި ހުށަހަޅާފަ،" ބައްސާމް ވިދާޅުވި އެވެ.

ރާއްޖޭގެ ކޯޗްކަމުގެ ފުރަތަމަ ހަތަރު މަސް ނިންމައި ކޯޗް ފުރަން ތައްޔާރުވިއިރު އަމިއްލަ ގައުމު އޮސްޓްރޭލިއާ އިން ވެސް ސްޓުވާޓަށް ހުށަހެޅުމެއް ވަނީ ލިބިފަ އެވެ.

"އޮސްޓްރޭލިއާ އިން ހުށަހެޅި ހުށަޙެޅުން ޔަގީނުންވެސް ވާނީ ރައްޖެއަށް ވުރެ ފުރިހަމަ ހުށަހެޅުމަކަށް. އޮސްޓްރޭލިއާ އިން އައި ހުށަހެޅުމުގެ ވާހަކަ ކޯޗް ފާހަގަ ކުރި. އެކަންކަމަށް ރިއާޔަތްކޮށް ކަންނޭނގެ ކޯޗްގެ ފަރާތުންވެސް ހުށަހެޅުންތައް ހުރީ. ޓެކްނިކަލް ކޮމިޓީއިން އެކަންކަމަށް ރިއާޔަތް ކުރާނެ."

"ކޯޗްގެ ފަރާތުން ވެސް ހުށަހެޅުންތަކެއް ހުރީމަ ކޯޗްގެ ޖަވާބާކަށް ވެސް އެބަ މަޑު ކުރަން. މި ފެށޭ ހަފުތާގައި ކޯޗާ ފޯނުން ވާހަކަ ދައްކާނަން. ބެލެވެނީ އަންނަ ހަފުތާ ތެރޭގައި ވަކި ގޮތެއް ހަމަޖެހޭނެ ކަމަށް،"

އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ބުރުގެ ގުރުއަތުލުން އޮތީ އަންނަ މަހު 18 ގަ އެވެ. އެއަށްފަހު ކޮލިފިކޭޝަން މެޗްތައް ފެށިގެން ދާނީ މަޗް މަހު ފަހު ކޮޅުގަ އެވެ. ސްޓުވާޓާއެކު ވަކި ގޮތަކަށް އެއްބަސްވެވި އެފްއޭއެމްގެ ވިސްނުމަކީ ފެބްރުއަރީ މަހު ކުރީ ކޮޅު ރަސްމީ އެއްބަސްވުމަކަށް އައުމެވެ.

"އެއްބަސްވުމަށް ދާނީ ޖެނުއަރީ މަހު އޮންނަ އޭޝިއަން ކަޕްގެ ޑްރޯ އަށްފަހު އެހިސާބަށް ދާން ވާއިރަށް ކޯޗްގެ ހުށަހެޅުންތަކާއި ގައުމީ ޓީމު ކޮމިޓީގެ ހުށަހެޅުންތައް ރިއާޔަތް ކުރެވި ރަސްމީކިޮށް އެއްބަސްވުމުގައި ސޮއި ކުރާނީ."

"ވާހަކަ ދެކެވިފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމަކަށް ސާފް ޗެމްޕިއަންޝިޕްވެސް އޮތުމާއެކު، އެއަށްފަހު ޕާފޯމަންސަށް ބަލައި ކޮންޓްރެކްޓް އާ ކުރުމުގެ ފުރުސަތު އޮންނާނެ." ބައްސާމް ވިދާޅުވިއެވެ.