ބޭރު ކުޅިވަރު

ރެއާލަށް ދިން އަދަބު ކޯޓުން ކުޑަ ކޮށް ދީފި

Dec 20, 2016

އަށާރަ އަހަރުން ދަށުގެ ކުޅުންތެރިންތަކެއް ޓީމަށް ގެނައުމުގައި ފީފާގެ ޓްރާންސްފާގެ ގަވައިދުތަކާ ހިލާފުވެފައިވާތީ ފީފާއިން ރެއާލް މެޑްރިޑާ ދެކޮޅާށް އެޅި ފިޔަވަޅު، ޓްރާންސްފާ ބޭން، ބައިނަލްއަގްވާމީ ކުޅިވަރުގެ އާބިޓްރޭޝަން ކޯޓުން ކުޑަކޮށްދީފި އެވެ.

ރެއާލްގެ މައްސަލަ ބެލުމަށްފަހު، މިދިޔަ އަހަރު ފީފާއިން ނިންމާފައިވަނީ އެ އަހަރު ދުވަހުގެ މުއްދަތައް ރެއާލް އަށް އެއްވެސް ކުޅުންތެރިޔަކު ނުގެނެވޭނެ ގޮތަށް އަދަބު ދީފައެވެ. މެޑްރިޑްގައި ރެއާލްގެ ވާދަވެރި އެތުލެޓިކޯ މެޑްރިޑަށްވެސް ވަނީ މި އަދަބު ދީފައެވެ.

މިދިޔަ އަހަރު ބާސެލޯނާ އަށް ވެސް މިއަދަބު ދިނެވެ. އެހެންވެ އަރުދާ ތުރާން އާއި ވިޑާލް އެޓީމަށް ގެންދިޔަ ނަމަވެސް މިއަހަރު ޖެނުއަރީ މަހު ނިޔަލަށް އެ ދެކުޅުންތެރިނަށް ތިބެން ޖެހުނީ ބާސާއާ އެކު އެއްވެސް މެޗެއް ނުކުޅެއެވެ.

ސްވިޒަލޭންޑްގެ ލުޒާން ގައި ހުންނަ އާބިޓްރޭޝަން ކޯޓަށް ރެއާލްއިން ހުށަހެޅި އިސްތިއުނާފު މައްސަލައާ ގުޅިގެން އެ ކޯޓުން ހުކުމް ކޮށްފައިވަނީ ޓްރާންސްފާ އަދަބު ހިނގާނީ ކުރިއަށް އޮތް ޖަނަވަރީ މަހު އެކަނި ކަމަށެވެ.

"ކުރިއަށް އޮތް ދެ ޓްރާންސްފާ ޕީރިއަޑްގައި ވެސް ކުޅުންތެރިން ނުގެނެވޭ ގޮތަށް ފިފާއިން އެ ކުލަބާ ދެކޮޅަށް އެޅި ފިޔަވަޅު އާބިޓްރޭޝަން ކޯޓުން ވަނި ކުޑަ ކޮށްދީފަ އެވެ. ކޯޓުގެ ހުކުމްގައިވާ ގޮތުން މިހާރު އަދަބު ހިނަގާނީ ކުރިއަށް އޮތް ފިނި މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި އެކަންޏެވެ." ރެއާލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.