ރާއްޖެ ކުޅިވަރު

ނޭޕާލްގެ ގައުމީ ޓީމު ކީޕަރު ޓީސީ އަށް

Dec 21, 2016
5

އަންނަ ސީޒަންގައި ޓީސީގެ އެއްވަނަ ގޯލް ކީޕަރަކަށް ނޭޕާލްގެ ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު ކިރަން ކެމްޖޮންގް ގެންނަން ނިންމައިފި އެވެ.

އިތުބާރުހުރި ގޮތެއްގައި އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި ކެމްޖޮންގް ޓީސީ އާ ގުޅުމުގެ ހުރިހާ ކަމެއް މިހާރު ވަނީ ހަމަޖެހިފަ އެވެ.

މި ދިޔަ ދެ ސީޒަންގައި ޓީސީގެ ގޯލް ބެލެހެއްޓި މުހައްމަދު އިމްރާން (ކުޑަ އިމްރާން) ވަނީ ޓީސީ ދޫކޮށްލާފަ އެވެ.

ކެމްޖޮންގް 26، ވަނީ މިހާތަނަށް ނޭޕާލްގެ ތިން ޓީމަކަށް ކުޅެފައެވެ. ނާޕާލްގެ ގައުމީ ޓީމަށް އޭނާ ކުޅެން ފެށީ 2008 ވަނަ އަހަރުން ފެށިގެންނެވެ.

ނޭޕާލްގެ އޭއެންއެފް އެކެޑެމިއިން ގްރެޖްއޭޓް ވުމަށްފަހު ކެމްޖޮންގްގެ ކެރިއާ ފެށީ އެ ގައުމުގެ މަޗިންދަރަ ފުޓްބޯޅަ ކުލަބުންނެވެ. އެއަށް ފަހު އޭނާ ގުޅުނީ ތްރީ ސްޓާ ފުޓްބޯޅަ ކުލަބަށެވެ. އެޓީމާއެކު ގިނަ ކާމިޔާބުތަކެއް ހޯދުމަށްފަހު މިއަހަރު އޭނާ ކުޅެފައިވަނީ މެނޭންގް މާޝީ ކުލަބަށެވެ.