ރާއްޖެ ކުޅިވަރު

ފުރަތަމަ މެޗް ނޭޕާލް އަތުން ރާއްޖެ ބަލިވެއްޖެ

ބަންގުލަދޭޝްގެ ވެރިރަށް ޑާކާ ގައި މިހާރު ކުރިއަށްދާ އޭޝިއާޣެ ސެންޓޤރަލް ޒޯން ވޮލީބޯޅަ މުބާރާޓުގައި ރާއްޖޭގެ ގައުމީ ވޮލީ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވެއްޖެއެވެ.

ރާއްޖެ ބަލިވީ 3-1 ސެޓުން ނެވެ. ރާއްޖެ މެޗުން ބަލިވި ނަމަވެސް ނޭޕާލާ ދެކޮޅަށް ރާއްޖެ ވަނީ ރަނގަޅު ފައީތެއް ދީފައެވެ.

ފުރަތަމަ ސެޓް ނޭޕާލް ކާމިޔާބު ކުރީ 26-24 ން ނެވެ. ދެ ވަނަ ސެޓޤ ރާއްޖެއިން ގެންދިޔައީ ފަސޭހަ ކަމާއެކު 25-15 އިން ނެވެ.

ތިން ވަނަ ސެޓް ނޭޕާލުން ކާމިޔާބު ކުރީ 25-19 އިން ނެވެ. ފޯރިގަދަ ކޮށް ދިޔަ ހަތަރު ވަނަ ސެޓް ނޭޕާލް ކާމިޔާބު ކުރީ 26-24 ން ނެވެ.

މުބާރާތުގެ ފުރަތަމަ މެޗްގައި ބަނގުލަދޭޝް އާއި އަފްގާނިސްތާން ކުޅުނު މެޗް ބަންގާޅު ޓީމު ކާމިޔާބު ކުރީ 3-1 ސެޓުންނވެ.

ފުރަތަމަ ސެޓް އެޓީމު ކާމިޔާބު ކުރީ 25-15 އިން ނެވެ. ދެ ވަނަ ސެޓް އަފުގާނިސްތާން ކާމިޔާބު ކުރީ 25-18 އިން ނެވެ. ތިން ވަނަ ސެޓް ބަންގާޅު ޓީމު ކާމިޔާބު ކުރީ 25-16 އިން ނެވެ. އަދި ޖެހިގެން އައި ސެޓޤ އެޓީމު ކާމިޔާބު ކުރީ 25-19 އިން ނެވެ.