މަސްތުވާތަކެތި

ހޭހަން ޕްރޮގްރާމް އައްޑޫގައި ކުރިޔަށް ގެންގޮސްފި

Dec 24, 2016
1

އިސްލާމިކް ފައުންޑޭޝަން އޮފްދަ މޯލްޑިވްސް އިން "ހޭހަން" ގެ ނަމުގައި ހޯމް މިނިސްޓްރީގެ އެހީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ ގައުމީ ކެމްޕޭނުގެ ފުރަތަމަ ބައި އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސްފިއެވެ.

"ހޭހަން 2016 – 2017" ގެ ނަމުގައި ފަސް މަސް ދުވަހަށް ހިންގާ މި ކެމްޕޭނުގެ ފުރަތަމަ ބައިގެ "ޓްރެއިން އަ ޓްރެއިނާ" މި ޕްރޮގްރާމް އައްޑު ސިޓީގައި ކުރިއަށް ގެންގޮސްފައިވަނީ މިމަހު 19 އިން 22 އަށެވެ. މި ޕްރޮގްރާމްގައި ކުރިއަށް ގެންދިޔައީ ސްވިޑްންގެ ޓްރޭނަރެއްގެ އެހީގަ އެވެ.

ހޭހަން ޕްރޮގްރާމްގައި 15 ބައިވެރިން ތަމްރީނު ކުރިއިރު އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ފުލުހުންނާއި، ކައުންސެލަރުންނާއި، ޓީޗަރުން އަދި ވޮލަންޓިއަރުން ބައިވެރިިިވެ ޑްރަގް ކައުންސެލިން އާއި ވޮލަންޓިއަރިން އާއި ފަސްޓް އެއިޑާއި ސެލްފް ޑިފެންސާއި ޤާނުނާއި ޝަރުޢީ ދާއިރާގެ މައުލޫމާތު ހޯދި އެވެ.