ފުޓްބޯޅަ މެޗެއްގައި ރެފްރީންގެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން މުޅި ޓީމުގެ ކުޅުންތެރިން ދުވެގަންނަނީ ރެފްރީން އާ ދިމާލަށެވެ. ވާހަކަ ދައްކާށާއި އެޕީލް ކުރުމަށެވެ. އެހާލަތުގެ ތެރެއިން ބައެއް ފަހަރު ރެފްރީންގެ ނިންމުމާމެދު ހިތްހަމަ ނުޖެހުން ފާޅުކުރުމުން ޓީމުގެ ގިނަ ކުޅުންތެރިންނަށް ކާޑުވެސް ދައްކަން ވެސް ރެފުރީއަށް ޖެހެ އެވެ. ނަމަވެސް މި މައްސަލައިގައި ފީފާގެ ވިސްނުން ބަދަލުވާން ފަށައިފި އެވެ.
ފީފާގެ މިހާރުގެ ވިސްނުން ހުރީ ޓީމުގެ ކެޕްޓަނަށް އެކަނި ރެފްރީއާ ވާހަކަ ދެއްކޭ ގޮތަށް ބަދަލު ކުރުމަށެވެ. ރަގްބީގައި މިހާރު ވެސް މެޗްގެ ރެފްރީއާ ވާހަ ދެއްކެނީ ޓީމުގެ ކެޕްޓަނަށް އެކަންޏެވެ. ފީފާގެ ވިސްނުން ހުރީ މި ބަދަލަށް ފުޓްބޯޅަ ވެސް ފަރިތަ ކުރުމަށެވެ. ފީފާގެ ވިސްނުމަކީ މި ބަދަލުގެ ސަބަބުން ކުޅުންތެރިންގެ އަހްލާގަށް ބަދަލު އަންނާނެ ކަމަށެވެ.
"މިހާރު ގިނަ އަދަދެއްގެ ކުޅުންތެރިން ރެފްރީން ކައިރިއަށް ގޮސް ޝަކުވާ ކުރޭ އަހަންނަށް ޔަގީން މިކަމުގެ ސަބަބުން ކުޅުންތެރިންގެ އަހްލާގަށް ބަދަލު އަންނާނެ ކަން ކުޅުންތެރިން ރަނގަޅު ވާނެ އަހަރެމެންގެ ވިސްނުމަކީ އެކަން ހަމަޔަކަށް އެޅުވުން،" ބީބީސީގައި ވާހަކަ ދައްކަވަމުން ފީފާގެ ޗީފް ޓޭކްނިކަލް ޑިވެލޮޕްމެންޓް އޮފިސާ ހޮލެންޑްގެ ކުރީގެ ކުޅުންތެރިޔާ މާކޯ ވެން ބާސްޓެން ވިދާޅުވި އެވެ.
މި ސީޒަން ފެށުމުގެ ކުރިން އިނގިރޭސި އެފްއޭއިން ވަނީ ޕްރިމިއާ ލީގް މެޗުތަކުގައި ރެފްރީންގެ ނިންމުމާމެދު ހިތްހަމަނުޖެހޭކަން ދައްކާ ކުޅުންތެރިންނަށް ވަގުތުން ރަތް ކަޑު ދެއްކޭނެ ގޮތަށް ލީގްގެ ގަވާއިދު އިސްލާހް ކޮށްފަ އެވެ.
ފީފާއިން ވަނީ ދާދި ފަހުން މެޗްގައި ވީޑިއޯ ރިޕްލައި ބޭނުން ކުރަން ފަށާފައެވެ. އެގޮތުން މިމަހު ޖަޕާނުގައި ބޭއްވި ކުަލަބު ވޯލްޑް ކަޕް ގައި ވީޑިއޯ ރިޕްލައި ބޭނުން ކުރި އެވެ.
ވެން ބާސެޓްނެ ވިދާޅުވީ އެކަމުގެ ބޭނުމަކީ ވީހާވެސް ބޮޑަށް މެޗަށް އިންސާފު ކުރުމުގައި ރެފްރީން ނަށް އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށެވެ.
"އަހަރެމެން މަސައްކަތް މިކުރަނީ އެންމެން ނަށް ކަމުދާ ރަނގަޅު ޕްރޮޑެކްޓެއް އުފައްދަން އެ ޕްރޮޑެކްޓް ވާނީ އެންމެންނަށްވެސް ކަމުދާ ޕްރޮޑެކްޓަކަށް ފުޓްބޯޅައިގައި ވަރަށް ގިނަ އިހްސާސްތަކެއް ހުންނާނެ އެއީ ވަރަށް ރަނގަޅު ކަމެއް."