ޕެންޝަން އޮފީސް

ޕެންޝަން އޮފީސް އުމަރު ޝޮޕިން އާކޭޑަށް ބަދަލުކޮށްފި

Dec 25, 2016

ޕެންޝަން އޮފީސް ޗާންދަނީ މަހުގައި ހުންނަ އުމަރު ޝޮޕިން އާކޭޑް ބިލްޑިންގަށް ބަދަލުކޮށް އާ އިމާރާތުގައި މިއަދު ހިދުމަތް ދޭން ފަށައިފި އެވެ. އެ އޮފީހުން ދެމުން އައި ހުރިހާ ހިދުމަތެއް މިއަދުން ފެށިގެން ދޭނީ ކޮލި އުމަރު މަނިކަށް ނިސްބަތްވާ ޝޮޕިން އާކޭޑްގަ އެވެ.

ޕެންޝަން އޮފީހުގެ ޑިރެކްޓަރު، ސްޓޭކް ހޯލްޑާ ރިލޭޝަން އިސްމާއިލް ޝުޖާއު މިއަދު ވިދާޅުވީ ބާވެގެން އަލުން އިމާރާތް ކުރި ކުރީގެ އުމަރު ޝޮޕިން އާކޭޑްގައި މިއަދުން ފެށިގެން އެ އޮފީހުގެ ހިދުމަތް ފަށާއިރު، ހުރިހާ ހިދުމަތެއްގެ އިންތިޒާމު ވެސް މިހާރު ހަމަޖައްސާފައިވާނެ ކަމަށެވެ.

އުމަރު ޝޮޕިން އާކޭޑް ބިލްޑިންގައި ޕެންޝަން އޮފީހުން ހިދުމަތް ދެނީ އަށް ވަނަ ބުރި އާއި ނުވަ ވަނަ ބުރީގަ އެވެ.

ޕެންޝަން އޮފީސް ކުރިން ހިންގަމުން އައީ މޫކައި ސްވިޓް އިމާރާތުގަ އެވެ. އަދި އޭގެ ކުރިން އޮފީސް ހިންގީ، ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތުގަ އެވެ.