ޕެންޝަން އޮފީސް

ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ފައިސާ ދޫކުރާނެ ގޮތްތައް ކަނޑައަޅައިފި

ބިދޭސީއަކު މަސައްކަތުގައި. ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ފައިސާ ދޫކުރާނެ ގޮތްތައް ކަނޑައަޅައި ގަވާއިދު ވަނީ އިސްލާހުކޮށްފަ -- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ފައިސާ ދޫކުރާނެ ގޮތްތައް ކަނޑައަޅައި ގަވާއިދު އިސްލާހުކޮށްފި އެވެ.

ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ބިދޭސީ މުވައްޒަފުން ބައިވެރިކުރުމާއި، ސްކީމުގެ ދަށުން ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމާބެހޭ ގަވާއިދުގައި ކުރިން އޮތް ގޮތުން ޕެންޝަން އުމުރު ހަމަވުމުގެ ކުރިން ބިދޭސީ މުވައްޒަފަކު ދާއިމަށް ރާއްޖެ ދޫކޮށް ދާން ނިންމައިފިނަމަ އޭނާ ފުރުމުގެ ތިން މަސް ކުރިން ޕެންޝަން ފައިސާ ހޯދުމަށް އެދި ހުށަހެޅޭނެ އެވެ.

ގަވާއިދަށް ގެނައި އިސްލާހާއެކު ޕެންޝަން އުމުރު ހަމަވުމުގެ ކުރިން ބިދޭސީ މުވައްޒަފަކު ދާއިމަށް ރާއްޖެ ދޫކޮށްދާން ނިންމާ ހިސާބުން ފޯމު ހުށަހެޅޭނެ އެވެ.

ޕެންޝަން ފައިސާ ނަގާފައިވާ ބިދޭސީ މުވައްޒަފަކަށް އަލުން މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެވޭ ގޮތަށް މި ގަވާއިދު ވަނީ އިސްލާހުކޮށްފައެވެ

ނަމަވެސް އެފަދަ ބިދޭސީ މުވައްޒަފެއްގެ ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާވާ ފައިސާ ދެވަނަ ފަހަރަށް ދޫކުރެވޭނީ އެ ބިދޭސީ މުވައްޒަފެއްގެ އުމުރުން 65 އަހަރު ފުރުމުން ކަމަށް މި ގަވާއިދުގައިވެ އެވެ.

ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާކުރެވޭނީ ދިވެހި ރުފިޔާއިން ކަމަށާއި މިގޮތުން ޕެންޝަން ފައިސާ ޖަމާކުރެވޭނީ ރާއްޖޭގައި ހިންގާ ބޭންކެއްގައި އެ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ނުވަތަ އެ ބިދޭސީ މުވައްޒަފަކު ކަނޑައަޅާ އެހެން މީހެއްގެ ނަމުގައި ހުޅުވައިފައިވާ ދިވެހި ރުފިޔާގެ އެކައުންޓަށް ކަމަށްވެސް ވަނީ ކަނޑައަޅާފަ އެވެ.

ބިދޭސީ މުވައްޒަފު މަރުވެއްޖެ ނަމަ އެ ބިދޭސީ މުވައްޒަފުގެ ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާވެފައިވާ ފައިސާ ހޯދުމަށް އެދި އެ ބިދޭސީ މުވައްޒަފެއްގެ ވާރިސުންނަށް ޕެންޝަން އޮފީހަށް ހުށަހެޅޭ ގޮތަށް މި ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345