ހަބަރު

އަންނަ އަހަރު 17 ރަށެއްގައި 026 ޓަނުގެ އައިސް އުފައްދަން ފެށޭނެ: މިފްކޯ

އަންނަ އަހަރު 17 ރަށެއްގައި ދުވާލެއްގެ މައްޗަށް 620 ޓަނުގެ އައިސް އުފައްދުމުގެ ގާބިލްކަން މިފްކޯގައި ހުންނާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

"މީގެ އިތުރުން އިތުރު 75 ޓަނުގެ އައިސް ގަތުމުގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން،" އަދްލީ ވިދާޅުވި އެވެ.

އަދްލީ ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ މެދުތެރޭގައި ފެލިވަރު ފެކްޓްރީގެ ދަޅު މަސް އުފެއްދުމުގެ ގާބިލްކަން 50 ޓަނަށް އިތުރު ވެގެންދާނެ ކަމަށެވެ. މީގެ އިތުރުން ފެލިވަރަށް ބޮޑު ކަންނެލި ގަތުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ހުރިހާ މަސައްކަތްތަކެއްގެ ތެރެއިން މިފްކޯއަށް 240 ވަޒީފާ އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފްކޯއިން ފިނިކުރި ބޮޑު ކަންނެލީގެ މަސައްކަތް ހުއްޓިފައި ވަނިކޮށް އެ މަސައްކަތް ވާނީ ފަށާފައި. ފިނިކުރި ބޮޑު ކަންނެލި ފެލިވަރަށް ކަނޑު އޮތް ގިރިއެކޭ އެއް އަގެއްގައި ގަންނަން ފަށާނެ. ކަނޑު އޮތް ގިރީގެ ޕްރޮސެސިން މަސައްކަތް ފުޅާވެގެން ދާނެ. އެކި ސަރަހައްދުތަކުން ވެސް މި މަސައްކަތް ފެށޭނެ،" އަދްލީ ވިދާޅުވި އެވެ.

މިފްކޯއިން ވަނީ ފެލިވަރުގައި މަސްވެރިންނަށް ތަމްރީން ދިނުމަށް ހާއްސަ ޓްރެއިނިން ސެންޓަރެއް ވެސް ހުޅުވާފަ އެވެ. މި ސެންޓަރު ހުޅުވާފައިވަނީ ފިޝަމަން އެސޯސިއޭޝަނާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެންނެވެ