ކުޅިވަރު

ރެކޯޑް އަގެއް ގައި ދަނގަޑޭ އެނބުރި ރާއްޖެއަށް

Dec 31, 2016

ދެހާސް ސާދަ ވަނަ އަހަރު ފެށިގެން މެލޭޝިއާގެ ޕީޑިއާރްއެމް އަށް ކުޅެމުން ދިޔަ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް މެލޭޝިއާގެ ސީޒަންގެ މެދުތެރެއިން ލިބުނު އަނިޔާ އެއްގައި އެކުލަބުން އޭނާ އާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލި އެވެ.

އަނިޔާއިން ރަނގަޅުވެ ދަގަނޑޭ އެނބުރި އައީ ދިވެހި ލީގަށެވެ. މިހާތަނަށް ރާއްޖޭގެ ކުޅުންތެރިޔަކަށް ދިވެހި ކުލަބަކުން ހުށަހެޅި އެންމެ ބޮޑު އަގާއެކު ދަގަނޑޭ މާޒިޔާ އަށް ބަދަލުވި އެވެ. ދަގަނޑޭ މާޒިޔާ އަށް ސޮއި ކުރި ރަސްމީ އަގު އެކުލަބުންނާއި ދަގަނޑޭ ހާމަ ނުކުރިއެވެ. ރަށުތެރޭގަޔާއި ފުޓްބޯޅައިގެ އާއިލާގެ ތެރޭގައި އަގަކީ 1.5 މިލިއަން ރުފިޔާ އެވެ.

އެނބުރި އައިސް، މާޒިޔާގެ 50 ނަމްބަރު ޖޯޒީގައި ނިކުމެ ފުރަތަމަ ފަހަރަށް ދިވެހި ޕްރިމިއާ ލީގް އެޓީމަށް ހޯދައި ދިނުމުގަ ދަނގަޑޭ މުހިންމު ދައުރެއް އަދާ ކުރި އެވެ. މުހިންމު ގޯލް ތަކެއް ޖެހި އެވެ.