ރިވިއު

ކޯޗެއްގެ ގޮތުގައި ޒިދާނަށް ކާމިޔާބު އަހަރެއް!

Dec 31, 2016

ދެހާސް ސޯޅަ ވަނަ އަހަރު ދުނިޔޭގެ ކުޅިވަރުގެ ދާއިރާއިން އަވަސް ކަޅިއެއް ޒިދާން އަށް ހާއްސަ ވަނީ ރެއާލްގެ ހެޑް ކޯޗަކަށް އޭނާ ހަމަޖެއްސުމަކުން ނޫނެވެ. ނަމަވެސް ދުނިޔޭގެ އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ރެއާލް މެޑްރިޑްގެ ކޯޗަކަށް ހަމަޖެއްސުމުން ނެވެ.

ޒިދާން އަކީ ދުނިޔޭގެ އުފެދުނު އެންމެ މޯލު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެއް ކުޅުންތެރިޔާއެވެ. ފުތްބޯޅާއިގެ ބައެއް އެކްސްޕާޓުން ބުނާ ގޮތުގައި އަދިވެސް އެވަރުގެ ކުޅުންތެރިޔެއް ނުވަތަ އެވަރުގެ އެޓޭކިން މިޑްފީލްޑަރެއް ނުއުފެދެ އެވެ.

ޒިދާން ރެއާލްގެ ކޯޗަކަށް ހަމަޖެއްސުމުން އެކަން ހާއްސަވީ ހަމައެކަނި ރެއާލް އަށާއި ޒިދާން އަކަށް ނޫނެވެ. ކުރީގެ ކުޅިވަރު އެތަށް ތަރިންނަކާއި މިޙާރުގެ އެތައް ކުޅުންތެރިންނެއް ޒިދާން އަށް މަރުހަބާ ކިއެވެ. އެއީ ފުޓްބޯޅައިގައި ޒިދާން އަށް ދެވިފައިވާ ގަދަރެއްގެ ބޮޑު ކަމުންނެވެ. އެ ދުވަސް ވަރު ޒިދާން މަރުހަބާ ކިޔުމުގެ އަޑު ތައް ސޮޝަލް މީޑިއާގައި ޓްރެޑް ކޯށްލި އެވެ.

ޒިދާން އަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ގަދަބާރުގެ ގޮތުގައި ބެލެވުނު ބްރެޒިލްގެ އެންމެ ރަންދުވަސްތަކުގައި 98 ގެ ފައިނަލުގައި ބްރެޒިލް ބަލި ކުރި ކުޅުންތެރިޔާއެވެ. އެތައް ބަޔަކު ފުޓްބޯޅައާ ހެދި މޮޔަ ކޮށްލީ ޒިދާންގެ ޖާދޫ ފެނިގެންނެވެ. ދުނިޔޭގެ އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ދުނިޔޭގެ އެންމެ ޓޮޕް ލެވަލުގައި ހިމެނޭ ކުލަބުގެ ހެޑް ކޯޗުކަން ދިނުމުން އެންމެންނަށް ވެސް އެކަން ހާއްސަވަނީ އެހެން ވެއެވެ.

އަހަރު ފެށިގެން ތިން ވަނަ ދުވަހު ޒިދާން ރެއާލްގެ ކޯޗަކަށް ހަމަ ޖެއްސީ ރެއާލްގެ ކޯޗުގެ ގޮތުގައި ހުރި ރަފޭލް ބެނިޓޭޒް ވަކި ކުރުމަށްފަހު. ރެއާލްއާ ހަވާލުވެ އޭނާ ބަލިވީ އެންމެ ދެ މެޗުން ނެވެ. ދެހާސް ސޯޅަ ވަނަ އަހަރު އޭނާ ނިންމާލީ ތިން ތައްޓާއެކުއެވެ.

މިޔާއެކު ފީފާގެ އެވޯޑް ރަސްމިއްޔާތުގައި ކުރިން އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ގެންދިޔަ ކުޅުންތެރިޔާ މިހާރު ތައްޔާރު ވަމުން ދަނީ ފިފާގެ އެވޯޑް ރަސްމިއްޔާތުގައި އަަހަރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދުމަށެވެ. އެންމެ މޮޅު ކޯޗުގެ އެވޯޑްގެ ފައިނަލު ތިން ނަމަށް ޒިދާންގެ ނަން ވަނީ ޝޯޓް ލިސްޓް ކޮށްފައެވެ.