ބޭރު ކުޅިވަރު

ފެލެޕްސް އޮލިމްޕިކްގައި އެންމެ ކާމިޔާބު އެތުލީޓް

Jan 1, 2017

އެމެރިކާގެ މަޝްހޫރު ފެތުންތެރިޔާ މައިކަލް ފެލެޕްސް އަކީ މިދިޔަ އަހަރު އޯގަސްޓް މަހު ބްރެޒިލްގެ ރިއޯޑީޖެނީރިއޯގައި ބޭއްވި އޮލިމްޕިކް ގޭމްސްގައި އެންމެންގެ ލޮލުގައި އަޅައިގަތް، އޮލިމްޕިކްގެ ހަޔާތުގައި ފެނުނު އެންމެ ކާމިޔަބު އެތުލީޓެވެ.

ނިމިދިޔަ އަހަރު ފެލެޕްސް ރިޓާޔާ ކުރީ އޮލިމްޕިކް ތާރީހްގައި އެންމެ ގިނަ މެޑަލް ހޯދި އެތުލީޓްގެ ޝަރަފާއެކު އެވެ. މިހާތަނަށް އޮލިމްޕިކް ހަޔާތުގައި އޭނާ ވަނީ 28 މެޑަލް ހޯދާފަ އެވެ. ފެލެޕްސްއާ އެންމެ ގާތުން ވާދަ ކުރާނީ ރަޝިޔާގެ ޖިމްނާސްޓީކް އެތުލީޓް ލެރީސާ ލަޓައިނީނާ އެވެ. އޭނާ އަށް ހޯދިފައި ވަނީ 18 މެޑަލް

މިހާތަނަށް އޮލިމްޕިކްގެ ހަޔާތުގައި އެންމެ ގިނަ ރަންމެޑަލް ހޯދީވެސް މައިކަލް ފެލެޕްސް އެވެ. އޭނާ ވަނީ 23 މެޑަލް ހޯދާފައެވެ. އޭގެ ތެރެއިން 13 މެޑަލް އޭނާ ހޮދީ އިންޑަވިޖުއަލް އިވެންްޓް ތަކުގައެވެ.

އޮލިމްޕިކްގެ އެއް މުބަރަތެއްގައި އެންމެ ގިނަ މެޑަލް ހޯދީ ވެސް ފެލެޕްސް އެވެ. ދެހާސް އަށް ވަނަ އަހަރު ޗައިނާގެ ވެރިރަށް ބެއިޖިންގެ ބޭއްވި އޮލިމްޕިކް ގޭމްސްގައި ފެލެޕްސް ވަނީ އަށް މެޑަލް ހޯދާފައެވެ. ރިއޯ އޮލިމްޕިކްސްގައި އޭނާ ހޯދާފައިވަނީ ހަ މެޑަލް އެވެ. އެއީ ފަސް ރަން މެޑަލް އާއި އެއް ރިހި މެޑަލް އެވެ.