އެމްޓީސީސީ

ސަލްޓަންޕާކް ނިމޭނީ އަންނަ ޖޫން މަހަށް

Dec 27, 2016

މާލޭގެ ސަލްޓަން ޕާކް ތަރައްގީ ކުރުމުގެ މަސައްކަތް އަންނަ ޖޫން މަހަށް ނިމަން އަމާޒު ހިފައިފި އެވެ. މާލޭގެ އެންމެ ބޮޑު ޕާކް ތަރައްގީ ކުރުމުގެ މަސައްކަތް އަހަރެއް ކުރިން ހައުސިން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.

ދެ ފިޔަވައްސަކަށް ތަރައްގީ ކުރާ ޕާކުގެ މަސައްކަތުގައި ދެ ފޭސްގެ މަސައްކަތް ވެސް މިހާރު ހިނގަ އެވެ. އެމްޓީސީސީން ބުނި ގޮތުގައި މަސައްކަތް މިހާތަނަށް ވެސް ލަސްވެގެން ދިޔައީ ބޭރުން މަސައްކަތަށް ބޭނުންވާ ތަކެތި ގެނައުމަށް އެންމެ ރަނގަޅު ރަނގަޅު ސަޕްލަޔަރު ހޯދުމަށް ވަގުތު ނެގުމުން ކަމަށާއި އަދި ޕާކް އަލުން ފެހި ކުރުމަށް ވެސް ވަގުތު ބޭނުންވާތީ ކަމަށެވެ.

ސަލްޓަންޕާކް ތަރައްގީ އެޑިއުކޭޝަނަލް ބައިތައް ވެސް ހިމެނޭ ގޮތަށް ނިފޫހި ފިލުވުމާއެކު އެވެ. އަދި އުސްގެ ކޮޅު ހަދަނީ ހެރިޓޭޖް ޕްލާޒާއަކަށެވެ. ދެބުރީގެ ފައުންޓަނާއި، ކުޑަކުދިންގެ ކުޅޭ ސަރަޙައްދާއި ގްރީން ވޯކް ޓަނަލާއި ސްޓޭޖް ޑްރާމާ ތިއޭޓަރާއި ޕްލޭ އޭރިއާއެއް ވެސް ހިމެނެއެވެ. ޕާކްގައި ވިންޓަ ތީމް އޭރިއާއެއް ވެސް ތަރައްގީ ކުރެއެވެ.