ފިނިޕޭޖް

ޗުއްޓީ ހޭދަކޮށްލަން ޓޮމް ކްރޫޒް ރާއްޖެ އަތުވެއްޖެ

Dec 28, 2016

ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ކްރޫޒް ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަތުވެއްޖެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ކްރޫޒް ރާއްޖެ އައިސްފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގަ އެވެ. އަދި މިހާރު އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ ވަން އެން އޮންލީ ރީތި ރަށް ރިސޯޓުގަ އެވެ.

އާ އަހަރާ ދިމާކޮށް ކްރޫޒް ރާއްޖެ އައިސްފައިވާއިރު މީގެކުރިންވެސް އޭނާ ޗުއްޓީ އަށް ރާއްޖެ އައިސްފަ އެވެ. ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްވެސް ދަނީ އާއިލާ އާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. މީގެކުރިންވެސް ހޮލީވުޑް އަދި ބޮލީވުޑްގެ ގިނަ ތަރިން ވަނީ އާ އަހަރު ފާހަގަކުރަން އަދި އެހެނިހެން ޗުއްޓީތަކަށްވެސް ރާއްޖެ އައިސްފަ އެވެ.

އާ އަހަރު ފާހަގަކުރަން ބެކަމް ވަނީ ރާއްޖޭގައި މިފަހަރު ހާއްސަ ޕާޓީއެއް ބާއްވަންވެސް ނިންމައިފަ އެވެ.