އާޓިފިޝަލް ބީޗް

އާޓިފިޝަލް ބީޗުވެސް ރަސްފަންނު ގޮތަށް ތަރައްގީ ކުރަނީ

Dec 28, 2016
2
ރަސްފަންނުގައި ހުރި ޖޯލިއެއް-- ފައިލް ފޮޓޯ | އަވަސް
0%
0%
0%

މާލޭ އިރުމަތިން ހިއްކާފައިވާ އާޓިފިޝަލް ބީޗުވެސް މާފަންނުގައި މި އަހަރު ހުޅުވި ރަސްފަންނު ގޮތަށް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން މުއިއްޒު މިއަދު ވިދާޅުވީ މާލޭގެ ހުޅަނގު ފަރާތް ތަރައްގީ ކޮށްފައިވާ ގޮތަށް އިރުމަތީ ފަރާތްވެސް ކާނިވާ ސަރަހައްދު ހިމެނޭ ގޮތަށް ތަރައްގީ ކުރަން ރާވާފައިވާ ކަމަށާއި އެ މަސައްކަތް ކުރުމުގެ ޕްލޭންތައް ހަދާ ބަޔަކާ ހަވާލު ކުރުމުގެ މަސައްކަތް އަންނަ އަހަރު ތެރޭގައި ފަށާނެ ކަމަށެވެ.

"އިރުމަތީ ފަރާތުގައި ހިއްކާފައި އޮތް އާޓިފިޝަލް ބީޗުވެސް ޑިވެލޮޕް ކުރަން ރާވާފައި ވަނީ. އަޅުގަނޑުމެން އެތަން ވެސް ވަރަށް ފުރިހަމަޔަށް ތަރައްގީ ކުރުމުގެ މަސައްކަތް އަންނަ އަހަރު ތެރޭގައި ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީއިން މާލޭ ހުޅަނގު ފަރާތުގައި ހުރި ރަސްފަންނު ތަރައްގީކޮށް ނިންމާ އާންމުންނަށް ހުޅުވާލާފައި ވަނީ މި އަހަރު ޖެނުއަރީ މަހުގައެވެ. އަދި މި އަހަރު ފަށާފައި ހުރި ޕްރޮޖެކްޓުތައް ވެސް އަންނަ އަހަރުގެ ނިޔަލަށް ނިންމާލުމަށް ހައުސިން މިނިސްޓްރީ އިން ވަނީ އަމާޒު ހިފާފައެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345