ރާއްޖެ ކުޅިވަރު

ނިއުއިން ޔުއެފާ ޕްރޯ ތިން ކޯޗަކު ޝޯޓް ލިސްޓް ކޮށްފި

އަންނަ ސީޒަންގައި ނިއުރޭޑިއަންޓަށް ގެންނަން ޔޫއެއާ ޕްރޯ ލައިސެންސްގެ ތިން ކޯޗުން އެ ކުލަބުން ޝޯޓް ލިސްޓް ކޮށްފި އެވެ.

ނިއު އަށް ގެންނަން ޝޯޓް ލިސްޓް ކޮށްފައިވަނީ ޖަރުމަނާއި، އިނގިރޭސި ވިލާތުގެ އިތުރުން ޕޯޗްގަލް ކޯޗެކެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޖަރުމަންގެ ދެ ކޯޗަކު ވަނީ ނިއުއަށް ކޯޗް ކޮށް ދިފަ އެވެ.

"އަޅުގަނޑު މެން ޔަގީން ކަން ދެން ޝޯޓް ލިސްޓް ކޮށްފައިވާ ތިން ކޯޗުންނަކީ ވެސް ފެންވަރުގެ ގޮތުން އެންމެ ރަނގަޅު ފެންވަރުގެ ކޯޗުން. އެ ތިން ކޯޗުންގެ ތެރެއިން އަޅުގަނޑުމެން ބަލާ ކްރައިޓީރިއާގެ ތެރެއިން އެންމެ ރަނގަޅު ކޯޗަކު ހަމަޖައްސާނީ،" ނިއުގެ ޖެނަރަލް ސެކެޓްރީ އަހްމަދު ނިޔާޒު މޫސާ (ޓެޑް) ވިދާޅުވި އެވެ.

ވޭތުވެދިޔަ ތިން އަހަރު ތެރޭ ނިއު އަކީ އެންމެ ގިނަ އިން ކޯޗުން ބަދަލު ކުރި ޓީމެވެ. އެޓީމުން ވަނީ މިދިޔަ ތިން އަހަރު ތެރޭ ހަތް ކޯޗުން ބަދަލު ކޮށްފަ އެވެ.

ޓެޑް ވިދާޅުވީ ޓީމާ އަލަށް ހަވާލުވާ ބޯޑުން އެ ސަގާފަތް ބަދަލު ކުރަން ބޭނުންވާ ކަމަށާއި މިފަހަރު ގެންނަ ކޯޗް ގިނަ ދުވަސްތަކެއް ވަންދެން ޓީމު ގައި ބަހައްޓަން ބޭނުންވާ ކަމަށެވެ.

ބޭރު ކޯޗާއި ބޭރު ކުޅުންތެރިން ގެންނަން ނިއު އިން ވަނީ ރާއްޖޭގެ ރެކޯޑް ބަޖެޓެއް ހަމަޖައްސާފައެވެ.

"ޔަގީން ކަން ދެން ބިދޭސީ ކޯޗަކު ގެނައުމަށާއި ބިދޭސީ ކުޅުންތެރިން ގެނައުމަށް ރާއްޖޭގެ ކުލަބަކުން އަދި މިވަރުގެ ބަޖަޓެއް އެކުލަވާލާފައެއް ނުވާނެ،" މީގެ ކުރިން ނިޔާޒު ވިދާޅުވެފައި ވެއެވެ.

ނިއު އިން ފުރަތަމަ ނިންމީ ބިދޭސީ ތިން ކުޅުންތެރިން ގެނައުމަށެވެ. ނަމަވެސް މިހާރު އެކުލަބުން ވަނީ ބިދޭސީ ހަތަރު ޖާގަ ވެސް ފިލް ކުރުމަށް ކުޅުންތެރިން ގެނައުމަށް ނިންމާފަ އެވެ.