ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް އެ މައްސަލައިގެ އަޑުއެހުން މާދަމާއަށް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި އެވެ.
މަކަރާއި ހީލަތުން ސަރުކާރުގެ ހަތަރު ޕްރޮޖެކްޓެއް ކާމިޔާބު ކުރި ކަމަށް ބުނެ ނާޒިމްގެ މައްޗަށް ދައުލަތުން ކުރާ ހަތަރު ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ދެ ފަހަރެއްގެ މަތިން ސުޕްރީމް ކޯޓުން ވަނީ ނިންމާލައިފި އެވެ. އެހެންވެ މާދަމާ އެ މައްސަލަތައް ބާއްވަނީ ހުކުމް ކުރަން ކަމަށް ބެލެވެ އެވެ.
އެ މައްސަލަތަކުގައި ދަށު ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައިވަނީ ނާޒިމް ކުރީ ކުށެއް ކަމަށް ނުބެލެވޭ ކަމަށެވެ.