ބޭރު ކުޅިވަރު

ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިއަކަށް ޓެވޭޒް

Dec 29, 2016

ދުނިޔެގޭ އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިއާގެ ގޮތުގައި އާޖެންޓީނާގެ ގައުމީ ޓީމުގެ ކުރިގެ ފޯވަޑް ކާލޯސް ޓެވޭޒް ޗައިނާގެ ސުޕަލީގްގެ ޝެންހާއީ ޝެންހުއާ އެފްސީ އަށް ބަދަލު ވެއްޖެ އެވެ.

އޭނާގެ ފުރަތަމަ ކުލަބު ބޮކާ ޖޫނިއާސް ދޫކޮށް، ޓޭވޭޒް ޝެންހުއާ އަށް ބަދަލުވީ ހަފްތާ އަކު 615,000 ޕައުންޑް ނުވަތަ 11.5 މިލިއަން ރުފިޔާ އެވެ.

ޓެވޭޒް ގެންދިއުމަށް ޝެންހުއާ އިން ހޭދަ ކުރި އަދަދު ހާމަ ކޮށްފައެއް ނުވެ އެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އޭނާ ގެންދިއުމަށް ޝެންހުއާއިން އިން 71.6 މިލިއަން ޕައުންޑް ވަނީ ބޮކާ ޖޫނިއާސް އަށް ދީފަ އެވެ.

އެހެންވެއްޖެނަމަ އޭނާ ވެގެންދާނީ ޓްރާންސްފާ ބަޒާރުގައި ޕޯލް ޕޮގްބާ އާއި ގެރެތު ބޭލް އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގޮންޒާލޯ ހިގުއައިން އައި ނޭމާގެ ފަހަތުން ދުނިޔޭގެ ހަ ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާއެއް ވީ ކުޅުންތެރިއާ އަށެެވެ.

އޭނާ އަށް ހަފުތާ އަކު ލިބޭ 615,000 ޕައުންޑް ލިބޭނަމަ، އޭނާ ގެ މުސާރަ މިވަގުތު ދުނިޔޭގެ އެންމެ ބޮޑު އާންމުދަނީ އެއް ލިބޭ ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވުރެ ބޮޑެވެ. ނޮވެމްބަރު މަހު ރެއާލް އާ އެކު ސޮއި ކުރި އާ އެއްބަސްވުމުގެ ދަށުން ރޮނާލްޑޯ އަށް ހަފްތާއެކު ލިބެނީ 365,000 ޕައުންޑެވެ.

ޓެވޭޒް އަކީ މިހާރު ހިނގަމުންދާ ޓްރާންސްފާ ޕީރިއަޑްގައި ޗައިނާގެ ވިޔަފާރީގެ ރަށް ޝެންހާއީ އަށް ގެނައި ދެ ވަނަ ކުޅުންތެރިޔާ އެވެ. މިދިޔަ ހަފުތާގައި ވާދަވެރި ސަންހާއީ އެސްޕީއައިޖީ އަށް ވަނީ ޗެލްސީ އަށް ކުޅެމުންދިޔަ ބްރެޒިލްގެ މިޑްފީލްޑާ އޮސްކާ ގެންގޮސްފަ އެވެ.