ކްރިސްޓާލް ޕެލަސްއާ ދެކޮޅަށް 2-0 ގެ ނަތީޖާއަކުން މޮޅުވި މެޗްގައި އާސެނަލްގެ ފުރަތަމަ ގޯލް ކާމިޔާބު ކުރި އޮލިވާ ޖިރޫޑް ޖެހި ގޯލަކީ އާސެނަލްގެ ކޯޗުގެ ގޮތުގައި ހޭދަ ކުރި 20 އަހަރުގެ ތެރޭގައި ފެނުނު އެންމެ މޮޅު ފަސް ގޯލްގެ ތެރޭގައި ހިމެނޭ ވަރުގެ ގޯލެއް ކަމަށް އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނެފި އެވެ.
މެޗްގެ 17 ވަނަ މިނެޓްގައި ޖިރޫޑް ލަނޑު ޖެހީ ޕެނަލްޓީ އޭރިއާގެ ބޭރުން އެލެކްސިސް ސަންޗޭޒް ދިން ބޯޅަ އެއްގައި ފަހަތަށް ފައިން އެއްލައި ވަތުފައިގެ ފުންނާބުންނެވެ. ބޯޅަ އޭނާ އާ ހަމަޔަށް އައިރު އޭނާއާ ދެމެދުގައި އެއް ޔާޑް ހުއްޓެވެ. އޭނާ ފޮނުވާލި ބޯޅަ ވަނީ ގޯލްގެ މަތީ ދަނޑީގައި ޖެހިފަ އެވެ.
"އެ ބޯޅަ އައީ ރިފްލެކްޓް ވެގެން ކޮންމެ ގޯލް ސޮކާރާއެއް ވެސް ބޭނުންވާނެ އެ ކުޅުންތެރިޔެއްގެ ހަށިގަނޑަށް ކޮންމެ ބަދަލެއް ގެނެސްގެން ނަމަވެސް އެ ގޯލް ޖަހަން އެއީ ކިތަންމެ ޓޯއީ ގޮތްގަނޑަކަށް ވިޔަސް އެބަދަލު ގެނެސްގެން ނަމަވެސް އެ ގޯލް ޖަހާނެ އޮލިވާ ގެނައީ އެކަހަލަ ބަދަލެއް އެބޯޅަ ލަނޑަކަށް ބަދަލު ކޮށްލައިފި، އަހަރެން ބުނާނީ ގޯލް ޖެހުމުގެ އާޓް އެބަހުއްޓޭ،" ވެންގޭ ބުންޏެވެ.
"ގޯލް ޖެހުމުގެ އާޓް އެލަނޑުގައި ޙުރި ކަމަށް މިބުނާ ސަބަބަބަކީ އެންމެން ހައިރާން ކޮށްލައިފި އެ ހަރަކާތް ވަރަށް ރީތި އަދި އެ ހަރަކާތުގައި އެފިޝިއަންސީ އެބަހުރި އެ ގޯލަކީ 'ޖިރޫޑްގެ ގޯލް' ކަން އެންމެން ހަނދާން ހުންނާނެ."
ޖިރުޑްގެ ގޯލަކީ ވެންގާގެ ކެރިއާގައި ފެނުނު އެންމެ މޮޅު ފަސް ގޯލްގެ ތެރޭގައި ހިމެނޭ ގޯލަށް ވާނެ ކަމަށް ބުނުމުން، ދެން އެ ލިސްޓްގައި ހިމެނޭ ގޯލްތަކަކީ ކޮބައިތޯ ސުވާލު ކުރުމުން އޭނާ ދިން ލިސްޓްގައި ހިމެނެނެނީ:
އާސެނަލްގެ ކުރީގެ ތަރި ޑެނިސް ބާގްކޭމްޕް ލެސްޓާ އާއި ނިއުކާސަލް ކޮޅަށް ޖެހި ލަނޑުތަކާއި ތިއެރީ އޮންރީ ރެއާލް މެޑްރިޑް އަދި ލިވަޕޫލް ކޮޅަށް ޖެހި ލަނޑުތަަކާއި ނޮވެންކޯއާ ކާނޫ ޗެލްސީ ކޮޅަށް ޖެހި ލަނޑެވެ.
"ވިހި އަހަރުތެރޭ އަހަރެމެން 70، 80 ގޯލް އަހަރަކު ޖަހާއިރު 20 އަހަރުތެރޭ 1600 ގޯލް ޖަހަނެ ސިކުންތެއްގެ ތެރޭގައި އެންމެ މޮޅު ފަސް ގޯލް ދެނެގަތުމަކީ އުނދަގޫ ކަމެއް." ވެންގާގެ ވާހަކަ އެހީސާބުން ކުރުކޮށް ލިއެވެ.
މެޗުގައި އާސެނަލްގެ ދެވަނަ ލަނޑު މެޗްގެ 56 ވަނަ މިނެޓް ތެރޭގައި ކަމިޔާބު ކުރީ އެލެކްސް ލޮވޯބީ އެވެ.
ރޭ ކުޅުނު އަނެއް މެޗްގައި ޓޮޓަންހަމް ހޮސްޕާ ވަނީ ވަތްފޯޑް އަތުން 4-1 މޮޅުވެފަ އެވެ.