ރާއްޖެ ކުޅިވަރު

ކުޅޭނެ ކުލަބެއް އަދި ނުނިންމަން: ދަގަނޑޭ

Jan 2, 2017

އަންނަ ސީޒަންގައި ކުޅޭނެ ކުލަބެއް އަދި މިހާތަނަށް ނުނިންމާ ކަމަށް ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބުނެފި އެވެ. ދަގަނޑޭ އެހެން ބުނި އިރު ބައެއް ނޫސްތަކުން މިރޭ ބުނެފައިވަނީ ދަގނަޑޭ ނިއުއަށް ބަދަލުވާން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ނަމަވެސް މިރޭ ދަގަނޑޭ އޭނާގެ ފޭސްބުކްޕޭޖް މެދުވެރިކޮށް ބުނެފައިވަނީ އަންނަ ސީޒަންގައި ކުޅޭނެ ކުލަބެއް އަދި ނުންމާ ކަމަށެވެ.

"ބައެއް ކުލަބުތަކުން ދަނީ އަހަންނާ ވާހަކަ ދައްކަމުން." ދަގަނޑޭ ބުނެފައި ވެއެވެ.

މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅުމުން ދަނިކޮށް އޭނާ އަށް ލިބުނު އަނިޔާއާ ގުޅިގެން އެކުލަބު އޭނާގެ ކޮންޓްރެކްޓް އުވާލަން ނިންމިއެވެ. އަނިޔާއިން ރަނގަޅުވެ އެނބުރި ރާއްޖެ އައިސް ރެކޯޑް އަގެއްގައި މާޒިޔާއާ ގުޅި އެކުލަބަށް ދިވެހި ޕްރިމިއާ ލީގް ހޯދައިދިނުމުގައި ދަގަނޑޭ ވަނީ މިދިޔަ ސީޒަންގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.