ށ. ޅައިމަގުގައި އަންހެނެއްގެ މޫނަށް ލައްފިލުވާ ޖެހި މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޅައިމަގުގެ އަންހެނެއްގެ މޫނަށް ލައްފިލުވާ ޖެހި މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު މިދިޔަ ހުކުރު ދުވަހުގެ ރޭ ދޫކޮށްލާފައިވާ ކަމަށާއި އޭނާ ދޫކޮށްލީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދާ ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.
މި މައްސަލާގައި އެ ރަށުން ދެން ހައްޔަރު ކުރި މީހާ އަދިވެސް ހުރީ ބަނދުގަ އެވެ.
ޅައިމަގުގައި ލައްފިލުވާ ޖަހާފައި ވަނީ އެ ރަށު އަންހެނުން ކޮމިޓީގެ ރައީސާ ހަލީމާ އާދަމްގެ މޫނަށެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުން ވަނީ ހަލީމާއަށް ދެ ދުވަސް ވަންދެއް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފަ އެވެ. އޭނާގެ ހާލު ރަނގަޅެވެ.