ސްޕެނިޝް ކަޕްގެ ކްއާޓާ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ނިކުންނަނީ ބަލި ނުވެ ރެއާލް ދަމަހައްޓަމުން އަންނަ ރެކޯޑަށް ނިމުން ގެނައުމަށް ކަމަށް ސެވިއްޔާގެ ކޯޗް ހޯޖެ ސަމްޕައޮލީ ބުނެފި އެވެ.
މި ސީޒަންގައި މިހާތަނަށް އަދި ރެއާލް ބަލިވެފަ އެއް ނުވެއެވެ. އެ ޓީމު އެންމެ ފަހުން ބަލިވެފައި ވަނީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގެ ފުރަތަމަ ލެގް މެޗް ގައި ޖަރުމަންގެ ވްލްފްސްބާގް އަތުން ނެވެ. ރެއާލް ބަލިނުވެ 37 މެޗް ވަނީ ފުރިހަމަ ކޮށްފަ އެވެ.
ސްޕެނިޝަ ކަޕްގެ ކްއާޓާ ފައިނަލް ދެ މެޗުގެ އިތުރުން، ލީގް މެޗާއެކު މިމަހު ތިން ފަހަރެއްގެ މަތިން ރެއާލްއިން ސެވިއްޔާ އާ ދެކޮޅަށް ނިކުންނަން ޖެހޭނެ އެވެ.
"މި ވެގެންދާނީ ޗެމްޕިއަންސް ލީގް ފައިނަލަ ކަށް އެމީހުން ބަލި ނުވާތާ ގިނަ ދުވަސްތަކެއް ވެއްޖެ މި ތިން މެޗް ވެގެންދާނީ މެންޓަލީ އަދި ފިޒިކަލީ ވެސް ކަރުނަ އަޅަން ޖެހޭ މެޗަކަށް،" ކޯޗް ސަމްޕައޮލީ ބުންޏެވެ.
"ރަނގަޅަށް ކުޅެފިއްޔާ އެމީހުން ހުއްޓުވޭނެ އަހަރެމެން އަވަހަށް ބޯޅަ ރިކަވާ ކޮށްގެން ބޯޅަ ޕޮޒިޝަން ހިފަހައްޓައިގެން ކުޅެފިނަ އެޓީމަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ."
ޔޫރަޕްގެ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޔޫއެފާ ސްޕާ ކަޕް ރެއާލުން ކާމިޔާބު ކުރީ ސަމްޕައޮލީގެ ސެވިއްޔާ ބަލި ކޮށްގެން ނެވެ. ނަމަވެސް އޭނާ ބުނީ މާޒީ އަކުން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.
"މެޑްރިޑް ބައިތިއްބާނީ އެމީހުންގެ ހާފުގެ ތެރޭގައި، އަހަރެމެންގެ ހާފުގެ ތެރޭގައި މެޗް ކުޅެން ވެއްޖެނަމަ އަހަރެމެންނަށް އެކަމުން ދެރަ ލިބޭނެ އެމީހުންނަށް ވުރެ ގިނައިން އަހަރެމެން ގޯލަށް ހަމަލާ އުފައްދަން ޖެހޭނެ އަދި އެމީހުންނަށް ވުރެ ގިނަ އިން އަހަރެމެން ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެފިނަ އަހަރެމެންނަށް އެމީހުން ބަލި ކުރެވޭނެ ނަމަވެސް މާޒީ އަށް ބަލަން އުޅެފިނަމަ އަހަރެމެންނަށް އުނދަގޫ ވާނެ."
ޔޫއެފާ ސްޕާ ކަޕްގައި ސެވިއްޔާ ބަލި ކުރަން ލަނޑު ޖެހި ސާޖީއޯ ރާމޯސް އާއި ކްރިސްޓިއާނޯ ރޮނާލްޑޯ މިރޭގެ މެޗް ނުކުޅޭނެ އެވެ.