ބޭރު ކުޅިވަރު

ޓީމުތައް ޗެލްސީއާ މެދު ހަސަދަވެރިވަނީ އެއް ވަނާގައި އޮތުމުން: ކޮންޓޭ

Jan 4, 2017
1

ވާދަވެރި ޓީމުތައް ޗެލްސީއާ މެދު ޖެލަސް ވަނީ ޗެލްސީ އަށް މެޗް ޝެޑިއުލް އޮންނަ ގޮތުން ނޫން ކަމަށާއި އެއީ ޗެލްސީ އެއް ވަނާގައި އޮތުމުން ވާ ޖެލަސް އެއް ކަމަށް އެޓީމުގެ ކޯޗް އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ޖެނުއަރީ 25 ވަނަ ދުވަހާއި އާ އަހަރު ދުވަސް ވެސް ޗެލްސީ އަށް މެޗެއް ނެތުމުން، ވާދަވެރި ޓީމުތައް ކަމަށްވާ އާސެނަލް އާއި ލިވަޕޫލް އަދި މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗުން ވަނީ މެޗް ޝެޑިއުލްއާ ބެހޭގޮތުން ޝަކުވާ ކޮށްފަ އެވެ.

ޔުނައިޓަޑްގެ ހޯސޭ މޮރީނިއޯ ބުނެފައިވަނީ ބުދަ ދުވަހުގެ ރޭ އެހެން ޓީމުތަކަށް މެޗު ކުޅެން ނުލިބި ޗެލްސީ އާއި ޓޮޓަންހަމް އަށް ހޮސްޕާ އަށް ހާއްސަވާ ސަބަބެއް ނުވިސްނޭ ކަމަށެވެ.

"އަހަންނަށް ބުނަން ކެރިދާނެ އެކަން ބޮޑު ވަނީ ޗެލްސީ އަށް ޝެޑިއުލް އޮތް ގޮތަކުން ނޫންކަން މިއީ އެކަމަށް ދޭން އޮތް ވަރަށް ފަސޭހަ ރިޕްލައި އެއް،" ޓޮޓަންހަމްއާ ދެކޮޅަށް މިރޭ ކުޅޭ މެޗްގެ ކުރިން މީޑިއާ ވާހަަކ ދައްކަމުން ކޮންޓޭ ބުންޏެވެ.

"އަހަންނަށް ހީވަނީ ވާދަވެރި ކޯޗުން ރުޅި އައިސްގެން އުޅޭނީ އަހަރެމެން ލީގްގައި އޮތް ޕޮޒިޝަންގެ ސަބަބުން ހެން އެއީ ޝެޑިއުލް އޮތް ގޮތަކުން ނޫން، އަހަރެން ކަންބޮޑެއް ނުވޭ މިއީ ވަރަށް އާދައިގެ ކަމެއް މިއީ އިޓާލީގައި ވެސް އަހަންނަށް ވާ ކަމެއް އަހަރެން މިތަނުގައި ވެސް އެކަން ތަކުރާރު ކުރީ."

"އަހަރެމެންނަށް އޮތް އެޑްވާންޓޭޖަކީ ޓޮޓަންހަމް އާ ދެކޮޅަށް އަހަރެމެން ނިކުންނަނީ އެއް ދުވަހު އަރާމު ކޮށްލުމަށް ފަހު އެޑްވާންތޭޖާ ބެހޭގޮތުން ވާހަކަ ދައްކަންޏާ އެއީ އެޑްވާން ތޭޖް ނަމަވެސް އަހަންނަށް އެޑްވާންޓޭޖަކަށް ވަނީ ސީޒަންގެ އެޑްވާންޓޭޖް ތަކުގައި ތަފާތު ހާލަތަކަށް އައުމުން، މިއީ އެޑްވާންޓޭޖްގެ ހާލަތެއް ނޫން." ކޮންޓޭ ބުންޏެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ކުރިން ކައިރި ކައިރީގައި ޗެލްސީން ހަތް މެޗް ކުޅުނު ކަން ފާހަގަ ކޮށްފަ އެވެ.