ވެމްކޯ

ވެމްކޯ ފޮޓޯ ކޮމްޕެޓިޝަންގެ މުއްދަތު އިތުރުކޮށްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ފޭސްބުކް ފޮޓޯ ކޮމްޕެޓިޝަންގެ މުއްދަތު މި މަހުގެ 12 އަށް އިތުރުކޮށްފި އެވެ. ކުރިން އެ މުބާރާތުގެ މުއްދަތުގެ ގޮތުގައި ކަނޑައަޅާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 26 އާ ހަމައަށެވެ.

ފޮޓޯ ކޮމްޕެޓިޝަނުގެ މައުލޫއަކީ ކުނި މެނޭޖް ކުުރުމެވެ. އެ މައުލޫގެ ދަށުން ސެކަންޑަރީ ތީމްތަކެއް ވެސް ވެމްކޯއިންވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުނި މެނޭޖް ކުުރުމުގެ ޒިންމާ ނެގުމާއި، ރިސައިކަލް ކުރުމާއި، ރެޑިއުސް ކުރުމާއި، ރިޔޫސް ކުރުން އަދި މޫދަށް އުކާލާ ކުންޏެވެ.

މި މުބާރާތުގެ ވަނަތައް ހޮވަން ހަމަޖެހިފައިވަނީ ފަނޑިޔާރުންގެ މާކްސް އާއި ފޭސްބުކްގައި އެ ފޮޓޯއަށް ލިބޭ ލައިކްސްގެ އަދަދަށް ބަަލައިގެންނެވެ. އެގޮތުން އެއް ވަނަ އަށް ހޮވޭ ފޮޓޯ އަކަށް 5،000 ރުފިޔާގެ ދޭރު ދެވަނަ އަށް ހޮވޭ ފޮޓޯއަކަށް 3،000 ރުފިޔާ އެވެ. ތިން ވަނަ އަށް 1،000 ރުފިޔާ އެވެ.

މުބާރާތުގައި ކޮންމެ މީހަކަށްވެސް ބައިވެރި ކުރެވޭނީ އެންމެ ފޮޓޯ އެކެވެ. އެ ފޮޓޯގައި ތައާރަފުގެ އިތުރުން ފޮޓޯ ނިސްބަތްވާ ތީމާއި ފޮޓޯ ހުށަހަޅާ ފަރާތުގެ މައުލޫމާތު ހިމަނަން ޖެހެ އެވެ. މި މުބާރާތުގައި ބައިވެރިކުރާ ފޮޓޯތައް ނަގާފައި ހުންނަން ޖެހޭނީ ދަށްވެގެން 1280x960 މެގަޕިކްސެލްގަ އެވެ.

މި މުބާރާތުގައި ބައިވެރިކުރަން ބޭނުންވާ ފޮޓޯތައް މިމަހުގެ 12 ގެ ކުރިން [email protected] މެއިލް ކުުރަން ޖެހެ އެވެ.