ހުޅުމާލެ

ހުޅުމާލޭ ޕެޓްރޯލް ޝެޑްގެ ހިދުމަތް މިއަހަރު ލިބޭނެ: އެސްޓީއޯ

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި އޮފް ދަ މޯލްޑިވްސް (އެފްއެސްއެމް) އިން ހުޅުމާލޭގައި ތަރައްގީ ކުރާ ޕެޓްރޯލް ޝެޑްގެ ހިދުމަތް މިއަހަރު ފަށާނެ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ، މާލެއިން ގަންނަން ލިބޭ އަގުގައި ހުޅުމާލެއިން ވެސް ތެޔޮ ފޯރު ކޮށްދިނުމަށް ހުޅުމާލޭގައި ޕެޓްރޯލް ޝެޑެއް ގާއިމުކުރުމުގެ މަސައްކަތް އެފްއެސްއެމްއިން ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.

"މި ޝެޑްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ، އިރާދަކުރެއްވިއްޔާ މި އަހަރުގެ ފަސްޓް ކްއާޓާގެ ނިމޭ ހިސާބުގައި ޝެޑްގެ ހިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ،" ޝަހީރު ވިދާޅުވި އެވެ.

މިހާރު ހުޅުމާލޭގައި ހުންނަނީ އެންމެ ޕެޓްރޯލް ޝެޑެކެވެ. އެއީ، ވިލާ ކުންފުނިން ހިންގާ ޝެޑެކެވެ.