އެކްސިޑެންޓް

ހުޅުމާލޭ އެކްސިޑެންޓްގައި ޕިކަޕް ދުއްވި މީހާ ހައްޔަރުކޮށްފި

Jan 5, 2017
1

މިިދޔަ ހޯމަ ދުވަހު ހުޅުމާލޭގައި ދުއްވި ޕިކަޕެއް ކޮންޓްރޯލް ނުވެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އިރު ޕިކަޕް ދުއްވަން އިން މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް އުމުރުން 47 އަހަރުގެ މީހެއް ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ޕިކަޕް ކޮންޓްރޯލު ނުކުރެވިގެން ގޮސް މަގުމަތިން ހިނގާފައިދިޔަ ބިދޭސީއެއްގެ ގައިގައި ޖެހިގެންނެވެ. އެ ޕިކަޕް ކޮންޓްރޯލުވީ ގަހެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. އެމީހާއަށް އަދިވެސް ދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

މި އެކްސިޑެންޓްގައި އެމީހާގެ ބޮލަށްވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.