ބޮލީވުޑް

300 ކުރޯޑާއެކު "ދަންގާލް" ސުލްތޯންގެ ރެކޯޑް މުގުރާލައިފި

Jan 6, 2017

ބޮލީވުޑް ސުޕަސްޓާ އާމިރްހާންގެ ސްޕޯޓްސް ޑްރާމާ ފިލްމް "ދަންގަލް" މިވަނީ 300 ކުރޯޑަށްވުރެ ބޮޑު އާމްދަނީއެއް ހޯދާ ސަލްމާން ހާންގެ ސުލްތާން އަށް ވުރެ ބޮޑު ކާމިޔާބެއް ހޯދާ ސުލްތާންގެ ރިކޯޑް މުގުރާލައިފި އެވެ. ތިން ސަތޭކަ ހަތަރު ކުރޯޑުގެ އާމްދަނީއެއް ދަންގަލް ހޯދާފައިވަނީ ފިލްމު އެޅުވިތާ 13 ދުވަހުގެ ތެރޭގައި ޑޮމެސްޓިކް ބޮކްސް އޮފީހުގަ އެވެ.

ނިތޭޝް ތިވާރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމް ރިލީޒް ކޮށްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. ދަންގަލް އަކީ ބޮލީވުޑް ޑޮމެސްޓިކް ބޮކްސް އޮފީހުގައި 300 ކުރޯޑަށްވުރެ ބޮޑު އާމްދަނީއެއް ލިބުނު ހަތަރު ވަނަ ފިލްމެވެ. އެ ލިސްޓުގައި ދެން ހިމެނެނީ 2014 ވަނަ އަހަރު އާމިރު ހާން ނެރުނު "ޕީކޭ" އާދި ސަލްމާން ހާންގެ "ބަޖަރަންގީ ބައިޖާން" އަދި "ސުލްތާން" އެވެ.

އާމިރުގެ ޕީކޭ އަށް 300 ކުރޯޑުގެ އާމްދަނީއެއް ހޯދުނީ ފިލްމު ރިލީޒްކުރިތާ 17 ވަނަ ދުވަހު އެވެ. އާމިރްގެ ދަންގަލް އަށް 13 ދުވަހުގެ ތެރޭގައި 300 ކުރޯޑުގެ އާމްދަނީއެއް ލިބުމަކީ އޭނާ މުޅިން އާ ބެންޗުމާކެއް ހޯދަމުންދާ ކަމުގެ ނަތީޖާ ކަމަށް ބޮލީވުޑް ފިލްމީ ދާއިރާގެ ތަޖުރިބާކާރުން ބުނެފައިވެ އެވެ.

ދަންގާލް އަކީ މިދިޔަ އަހަރުގެ އެންމެ މޮޅު ފިލްމު ކަމަށް ފިލްމު ބެލި ގިނަ މީހުން ދަނީ ބުނަމުންނެވެ.