ވިޔަފާރި

ބައިގަރުނުތެރޭ މިދިޔަ ހޯމަ ދުވަހަކީ ވީއައިއޭގެ އެންމެ ބިޒީ ދުވަސް!

Jan 6, 2017
3
  • ހޯމަ ދުވަހު 567 އެއާކްރާފްޓް މޫވްމެންޓް
  • 188 ވީލް ބޭސް މޫވްމަންޓް
  • މޫދަށް ޖައްސާ 379 ސީޕްލޭން މޫވްމަންޓެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ބައިގަރުނުވީ ދިގު ތާރީހުގައި މިދިޔަ ހޯމަ ދުވަހަކީ އެންމެ ބިޒީވި ދުވަަސް ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

ވެލާނާ އެއާޕޯޓު ހިންގާ، އެމްއޭސީއެލް އިން ބުނީ އޭޕްރީލް 12، 1966 ގައި އެއާޕޯޓު ހުޅުވިފަހުންވީ ބައިގަރުނުގެ ދިގު ތާރީގައި މިމަހުގެ ދެވަނަ ދުވަހަކީ ހާއްސަ އަދި ތާރީހީ ދުވަހެއް ކަމަށެވެ. މިގޮތުން މި މަހުގެ ދެވަނަ އަށްވީ ހޯމަ ދުވަހު 567 އެއާކްރާފްޓް މޫވްމަންޓް ރެކޯޑު ކުރެވިފައިވާ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ 188 ވީލް ބޭސް މޫވްމަންޓާއި މޫދަށް ޖައްސާ 379 ސީޕްލޭން މޫވްމަންޓެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ ހޯމަ ދުވަހު ޓްރެފިކް ހައި ވެގެން ދިޔައިރު، އާ އަހަރު ފާހަގަ ކުރުމަށް ރާއްޖެއަށް އައި މަހުޖަނުންގެ ގިނަ 53 ޕްރައިވެޓް ޖެޓެއް ވެސް ޕާކޮށްފައިވެ އެވެ.

ދިވެހިން މަސައްކަތްކޮށްގެން 1966 ވަނަ އަހަރު ހުޅުލެ އެއާޕޯޓުގެ ނަމުގައި ހުޅުވި، ރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ތަރައްގީ ކުރުމަށް ސަރުކާރުން ވަނީ ބޮޑު މަޝްރޫއެއް ފަށާފަ އެވެ. މި މަޝްރޫއުގެ ދަށުން 800 މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ އެވެ. މި މަޝްރޫއު ނިމޭއިރު ފުރިހަމަ ޕެސެންޖަރު ޓާމިނަލްއަކާއި އިތުރު ރަންވޭއެއް އޮންނާނެ އެވެ.