މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ރިޒާގެ ލޯފާމަށް އެމްޕީއެލްއިން 2.9 މިލިއަން ރުފިޔާ ދިނީ ގަވައިދުން: ޖުނައިދު

Jan 7, 2017
1

ޓަގު ބޯޓެއް ބަންނަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ސެންޓަ އެންޓަޕްރައިޒަސްއާ ހަވާލުކުރި މަޝްރޫއުގެ މައްސަލައިގެ ޝަރީއަތުގައި ސިވިލް ކޯޓުގައި ވަކާލާތު ކުރަން ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާގެ ލޯފާމަށް އެމްޕީއެލްއިން 2.9 މިލިއަން ރުފިޔާ ދީފައި ވަނީ ގަވާއިދާ އެއްގޮތަށް ކަމަށް އެމްޕީއެލްއިން ބުނެފި އެވެ.

އެމްޕީއެލްގެ ސީއީސޯ މުހައްމަދު ޖުނައިދު ވިދާޅުވީ ސެންޓާ އެންޓަޕްރައިޒަސްއާ ގުޅޭ ގިނަ މައްސަލަތަކެއް ހުރި އިރު، ގާނޫނީ ވަކީލުންގެ ޚަރަދަށް ބޮޑު އެއްޗެއް ވެސް ދޭންޖެހޭނެ ކަމަށާއި އެމްޕީއެލްއަކީ ލޯފާމަކަށް ނުވާތީ މައްސަލައިގައި ވަކާލާތު ކުރުމަށް ކުރިން ވެސް އެ މައްސަލައިގައި ވަކާލާތުކޮށްފައިވާ ތަޖުރިބާކާރު މީހުންނާ ހަވާލު ކުރަން ޖެހުނު ކަމަށެވެ.

އަދި ވިދާޅުވީ މެންބަރު ރިޒާގެ ލޯފާމާ އެ މަސައްކަތް ހަވާލު ކުރީ ވެސް އަދި އަގު ކަނޑައެޅީ ވެސް އެމްޕީއެލްގެ ބޯޑުން ފާސްކޮށްގެން އޮންނަ އުސޫލުން ގަވައިދަށް ކަމަށެވެ.

"ސެންޓާ އެންޓަޕްރައިޒަސްގެ ބައިވަރު މައްސަލަ އުޅޭ. އެހެންވެ އޭގެ ބާވަތަށް ބަލާއިރު ލޯޔާ ޚަރަދަށް 10 މިލިއަން ރުފިޔާ ޚަރަދުކުރަންޖެހުނަސް އެއީ މައްސަލައެއް ނޫން،"