ގދ. ތިނަދޫ

ތިނަދޫ ފްލެޓަށް ކުރިމަތިލި މީހުންނަށް ޕޮއިންޓް ދިން ލިސްޓް ބާތިލުކޮށްފި

Jan 7, 2017

ގދ. ތިނަދޫގައި އަޅާފައިވާ ފްލެޓްތަކުގެ ތެރެއިން އޭ ކެޓަގަރީއަށް ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓްދީ، އެކުލަވާލި ވަގުތީ ލިސްޓް ބާތިލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، އޭ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ވަގުތީ ލިސްޓާ ގުޅިގެން ޝަކުވާތަކެއް ހުށަހެޅުނު ކަމަށެވެ. އެ ޝަކުވާތައް ޗެކު ކުރިއިރު ފާހަގަ ކުރެވުނު ގިނަ ކަންކަމަކީ، ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ފޯމުގައި ދީފައިވާ މައުލޫމާތު ޗެކްކުރުމަށް ތިނަދޫ ކައުންސިލުގެ އިދާރާއިން ހުށަހެޅުމުން، އެކަން އެކައުންސިލުން ކޮށްދެއްވާފައިނުވާތީ ދިމާވެފައިވާ ގިނަ މައްސަލަތަކެއް ކަމަށެވެ.

އެހެންކަމުން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ފޯމުގައި ދީފައިވާ މައުލޫމާތު، ތިނަދޫ ކައުންސިލުގެ އިދާރާއިން ޗެކުކުރުމަށްފަހު، އަލުން ފޯމުތައް އިވެލުއޭޓުކުރުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

"ގދ. ތިނަދޫ އޭ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓު ބާތިލުކުރިކަން އާންމުކޮށް އަންގަައި އިއުލާންކުރީމެވެ." އިއުލާނުގައި ބުނެފައިވެ އެވެ.

ތިނަދޫގައި ސަރުކާރުން އަޅާ 120 ފްލެޓްގެ ތެރެއިން އަށްޑިހަ ފްލެޓް ހާއްސަކޮށްފައި ވަނީ ތިނަދޫގެ ރަށްވެހިންނަށެވެ. ފަންސަވީސް ފުލެޓް އެރަށަށް ހިޖުރަކުރާ މީހުންނަށް ވަނީ ހާއްސަކޮށްފަ އެވެ. ބާކީ ފަނަރަ ފުލެޓް ވިއްކަން ވަނީ ހަމަޖައްސާފަ އެވެ.