ވިޔަފާރި

އުރީދޫ އާއި ދިރާގު ފޯނުގެ ހިދުމަތަށް ބުރޫ އަރައިފި

Jan 8, 2017

އުރީދޫ އާއި ދިރާގުގެ ފޯނުގެ ހިދުމަތުގައި ޓެކްނިކަލް މައްސަލައެއް ދިމާވެ، ފޯނުގެ ހިދުމަތައް ބުރޫ އަރައިފި އެވެ.

ދިރާގުގެ ހެޑް އޮފް މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕީއާރް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ދެ ކުންފުނީގެ ފޯނުގެ ހިދުމަތުގައި ޓެކްނިލް މައްސަލައެއް މިއަދު ދިމާވި ކަމަށާއި، ނަމަވެސް މިހާރު އެ މައްސަލަ ހައްލު ކޮށްފައިވާ ކަމަށެވެ.

ފޯނުގެ ހިދުމަތުގައި މައްސަލަ ދިމާވުމާ ގުޅިގެން އާއްމު ގިނަ ބަޔަކަށް ވަނީ ދަތިތަކާ ދިމާވި އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި މި މައްސަލަ ދިމާވެފައިވަނީ ދިރާގާއި އުރީދޫގެ ގާއިމްވެފައި އިންނަ އިންޓަ ކަނެކްޝަނަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ.

އުރީދޫ އާއި ދިރާގުގެ ފޯނުގެ ހިދުމަތުގައި މައްސަލަތަކެއް ދިމާވެފައިވާއިރު، ދެ ކުންފުނިން ވެސް ހިދުމަތް ރަނގަޅު ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.