ރާއްޖެ ކުޅިވަރު

އެވޯޑް ނައިޓަށް މެންޔޫގެ ކުރީގެ ތަރި ޔޯކް ރާއްޖެއަށް!

މިއަންނަ ހޯމަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓަށް މެންޗެސްޓާ ޔުނައިޓަޑަށް ކުރިން ކުޅުނު ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ކުރީގެ ތަރި ޑްވައިޓް ޔޯކް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއް ޖެއެވެ.

ޔޯކް ވަނީ ޔުނައިޓާޑްގެ އިތުރުން އެސްޓަން ވިލާ އާ ބެލްކްބާން ރޯވާސް އަށް ވެސް ކުޅެފައެވެ. ޔުނައިޓަޑަށް ކުޅުނު އިރު އޭނާ ވަނީ 1999 ވަނަ އަހަރު އެ ޓީމުން އިނގިރޭސި ޕްރިމިއާ ލީގާއި އިނގިރޭސި އެފްއޭ ކަޕާއި ޔޫއެފާ ޗެމްޕިއަންސް ލީގް ހޯދިއިރު އެޓީމު ފޯވަޑް ލައިންގައި މުހިންމު ދައުރެއް އަދާ ކޮށްފައެވެ. އަދި އެސީޒަންގައި 18 ގޯލް ޖަހައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދިއިރު ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާ އަކީވެސް އޭނާ އެވެ.

ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދޭ މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމް އާ ގުޅިގެން އެފްއޭއެމުން ދޭ އެވޯޑް ނައިޓަށް ކުރިއަށް އޮތް އަހަރުތަކުގައި މަޝްހޫރު އެހެން ކުޅުންތެރިން ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުއާ ހަވާލާދީ ބުނެފައިވެއެވެ.

މެދުކެނޑުމަކަށްފަހު އެފްއޭއެމްގެ އެވޯޑް ދޭއިރު، މިއަހަރު ދިނުމަށް ހަމަޖެހިފައިވަނީ ހަތަރު އެވޯޑެވެ. އެއީ:

- އެންމެ މޮޅު ކުޅުންތެރިޔާގ އެވޯޑް
- އެންމެ މޮޅު ކޯޗްގެ އެވޯޑް
- އެންމެ އެުންމީދީ ކުޅުންތެރިޔާގެ އެވޯޑް
- އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް

އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ލިބޭނީ މިދިޔަ ސީޒަންގައި ޓީސީއިން ފެނުނު އަލީ ފާސިރު ސެންޓޭ އަށެވެ. އޭނާ ވަނީ ސީޒަންގައި 34 ލަނޑު ޖަހާފަ އެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަ ކުރަނީ

- އަލީ ފާސިރު (ޓީސީ)
- އަސަދުﷲ އަބްދުﷲ (މާޒިޔާ)
- އިމްރާން ނަޝީދު (އީގަލްސް)

އެންމެ މޮޅު ކޯޗްގެ އެވޯޑަށް ވާދަ ކުރަނީ

- އަލީ ސުޒޭން (މާޒިޔާ)
- އިހްސާން އަބްދުލް ގަނީ (އީގަލްސް)
- މުހައްމަދު ނިޒާމް (ޓީސީ)

ފަހުގެ ޚަބަރު