ހަބަރު

ގިނަ އަދަދެއްގެ ބޭރު ފައިސާއާއެކު ފުރަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ބޭރު ފައިސާ އާއި ދިވެހި ރުފިޔާ ހިފައިގެން މާލެއިން ފުރަން އުޅުނު ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްފައިވަނީ ބަނދްލަދޭޝްގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެމީހާ ފުރަން ވެލާނާ އިންޓަނޭޝަނަލް (ވީއައިއޭ) ގައި ހުއްޓާ ހުއްޓުވައި ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު ކަމަށެވެ. އޭނާގެ އަތުގައި 86،000 އެމެރިކާ ޑޮލަރާއި، 2400 ޔޫރޯ ގެ އިތުރުން ދިވެހި ފައިސާ ވެސް ހުއްޓެވެ.

ގިނަ އަދަދެއްގެ ބޭރު ފައިސާއާއެކު އޭނާ ފުރަން އުޅުނީ ކޮންތަނަކަށް ކަމެއް ސާފެއް ނުވެއެވެ. ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.