- ޗައިނާ މާކެޓު 10 ޕަސެންޓް ދަށް
- ޔޫރަޕުގެ މުހިންމު މާކެޓުތައް ރަނގަޅުވެފައި
- އަމާޒަށް ވާސިލްވެވޭނެ ކަމަށް ބުނޭ
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޗައިނާ ނޫން، މާކެޓުތަކުން އައި ޓޫރިސްޓުންގެ އިތުރުވެ 4.6 ޕަސެންޓް އިތުރު ވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 1.16 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 1.11 މިލިއަން ޓޫރިސްޓުންނެވެ. އަދި މިއީ 4.6 ޕަސެންޓުގެ ކުރިއެރުމެކެވެ.
ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީން ނޮވެމްބަރު މަހުގެ ނިޔަލަށް 93،265 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ޒިޔާރަތް ކުރީ 83،244 މީހުންނެވެ. މިއީ 12 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި މި މުއްދަތުގައި ރަޝިޔާ އިން 40،962 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި ޒިޔާރަތް ކުރީ 38،526 މީހުންނެވެ. މިއީ 6.3 ޕަސެންޓް އިތުރުވުމެކެވެ.
އިޓަލީއިން މިދިޔަ އަހަރު 60،031 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ޒިޔާރަތް ކުރީ 54،336 މީހުންނެވެ. މިއީ 10.5 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ޖަރުމަނުން 98،443 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. އޭގެ ކުރީ އަހަރު ޒިޔާރަތް ކުރީ 95،492 މީހުންނެވެ. މިއީ 3.1 ޕަސެންޓް އިތުރު އަދަދެކެވެ. ރާއްޖެ އަށް އެންމެ އުންމީދީ އެއް މާކެޓު ކަމަށްވާ އިންޑިޔާ އިން ނޮވެމްބަރު މަހުގެ ނިޔަލަށް 57،264 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި ޒިޔާރަތް ކޮށްފައިވާ 44،705 ޓޫރިސްޓުނާ އަޅާބަލާއިރު، 28.1 ޕަސެންޓް އިތުރު އަދަދެކެވެ.
ރާއްޖެ އަށް ޓޫރިސްޓުން އެންމެ ގިނަ އިން އަންނަ ޔޫރަޕުގެ މާކެޓުތަކުން އައި ޓޫރިސްޓުންގެ އަދަދު އިތުރުވީ ނަމަވެސް ނޮވެމްބަރު މަހުގެ ނިޔަލަށްވެސް ޗައިނާ މާކެޓު ވަނީ ދަށްވެފަ އެވެ. އެގޮތުން ނޮވެމްބަރު މަހުގެ ނިޔަލަށް 308،077 މީހުން ޒިޔާރަތް ކުރިއެވެ. މިއީ އޭގެ ކުރީ އަހަރު ޒިޔާރަތް ކުރި 343،259 މީހުންނެވެ. މިއީ 10.2 ޕަސެންޓް ދަށް އަަދަދެކެވެ.
ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުން ދެއްކިއިރު، ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ އަހަރު 1.4 މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ކަނޑައަޅާފަ އެވެ. އަދި މި އަދަދަށް މީހުން އަންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.