ސަލްމާން ޚާންގެ ކުރީގެ ލޯބިވެރިޔާ ކެޓްރިނާ ކައިފް އަނެއްކާވެސް ސަލްމާނަށް ތައުރީފު ކޮށްފި އެވެ. ކެޓްރީނާ ބުނެފައިވަނީ ސަލްމާން ނެތް ނަމަ ދިރިއުޅުމުގަ އާއި ބޮލީވުޑްގައި މިހާރު ހުރި ހިސާބަށް އައުމަށް އޭނާއަށް ވަރަށް އުނދަގޫވާނެ ކަމަށެވެ.
މިހާރު ރަންބީރު ކަޕޫރް އާއި ރައްޓެހިވެގެން އުޅޭކަމަށް ބުނާ ކެޓްރިނާ ބުނީ ސަލްމާނަކީ ވަރަށް ރަނގަޅު މީހެއް ކަމަށާއި، ސަލްމާން އަބަދުވެސް ވާނީ އޭނާގެ ހަޔާތުގައި މުހިންމު މީހަކަށް ކަމަށެވެ.
"ސަލްމާންގެ މައިންބަފައިންނާއި ދައްތަމެން އެއީ އަހަރެންގެ ވަރަށް ގާތް ރައްޓެހިން. އެއީ އެހާމެ ރަނގަޅު އަދި އަހަރެން އެންމެ އިހުތިރާމްކުރާ މީހުން". ކެޓްރީނާ ބުންޏެވެ. އަދި ސަލްމާންގެ ދީލަތިކަމުގެ ވާހަކަ ދައްކަމުން ކެޓްރީނާ ބުނީ މީހުންނަށް އެހީވުމުގައި ސަލާމާން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަމަށެވެ.
"އޭނާ އަކީ މީހުންނާ ގުޅޭ ތެދުވެރި މީހެއް،" އިންޑިޔާ ކޮންކްލޭވް ޓުޑޭ 2015 ގައި ބޭއްވީ ސެޝަން އެެއްގައި ވާހަކަ ދައްކަމުން ކެޓްރީނާ ބުންޏެވެ.
ރަންބީރު އާއި ސަލާމާން އާއި ދެމީހުންގެ ތެރެއިން އެންމެ މޮޅީ ކޮން އެކްޓަރެއް ތޯ އެހުމުން ކެޓްރީނާ ބުނީ އޭނާ މީހުންގެ ހުނަރުވެރިކަން ރޭޓް ނުކުރާ ކަމަށެވެ.
"ތިއަށް ކޮމެންޓެއް ކުރަން އަހަރެންމީ އެއްވެސް މީހެއް ނޫން. އެ ދެ މީހުންނާކީ ވަރަށް ތަފާތު ދެ މިހުން. ދެމީހުންގެ ހުނަރާއި ކަންކަން ކުރާ ގޮތް ވެސް ތަފާތު،" ކެޓްރީނާ ބުންޏެވެ.
މީގެ އިތުރުން ރަންބީރުގެ ކުރީގެ ލޯބިވެރިޔާ އެކްޓްރެސް ދިޕިކާ ޕަދުކޯން އާއި އެއްވެސް މައްސަލަ އެއް އުޅޭތޯ އެހުމިން ކެޓްރީނާ ބުނީ ޕާސަނަލް ލައިފާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި، އޭނާގެ ހުރިހާ ސަޕޯޓަރުންނަސް ވަރަށް އިހްތިރާމް ކުރާ ކަމަށެވެ. އަދި ވަރަށް ލޯބިވާ ކަމަށެވެ.
"އަހަންނާ އޭނާ އާބެހޭ ގޮތުން ހުންނަ ހުރިހާ ހަބަރެއް ކިޔަން. ލިޔެފައި ހުންނަނީ މުޅިވެސް ދޮގު ހަބަރު. އަހަރުމެންނަކީ އެކުގައި މަސައްކަތް ކުރާ ތަރިން. ދިޕިކާ އާއި މެދު އެއްވެސް ރުޅިވެރި ކަމެއް ނެތް،" ކެޓްރީނާ ބުންޏެވެ.
މި އަހަރު ކެޓްރީނާގެ ދެ ފިލްމެއް ބެލުންތރިންނާ ހަމައަށް އަންނައިރު، ލޯބިވެރިޔާ ރަންބީރާއެކު ކުޅެފައިވާ "ޖައްގާ ޖާސޫސް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހު އެވެ.