ރާއްޖެ ކުޅިވަރު

ނިއުގެ ނިޔާ ވިކްޓަރީ އަށް

Jan 10, 2017

މިދިޔަ ސީޒަންގައި ނިއު ރޭޑިއަންޓަށް ކުޅުނު އަހްމަދު ނިޔާޒު (ނިޔާ) މި ސީޒަންގައި ވިކްޓްރީ އަށް ކުޅެން ސޮއި ކޮށްފި އެވެ.

ދެހާސް ފަނަ ވަނަ އަހަރު ވެސް ސީޒަންގެ މެދުތެރެއިން، ވިކްޓަރީއަށް ކުޅުނު ނިޔާ، އަލުން ވިކްޓްރީ އަށް އައީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ނެވެ.

ވިކްޓަރީގެ ޗެއާޕާސަން އިބްރާހިމް ނަޒީމް ވިދާޅުވެފައި ވަނީ މިއަހަރު ވިކްޓްރީން ނުކުންނާނީ މިދިޔަ ފަސް އަހަރު ދުވަހު ފެނުނު ވަރަށް ވުރެ ވަރުގަދަ ސްކޮޑެއްގައި ކަމަށެވެ.

ނިޔާ އަކީ ޓްރާންސްފާ ޕީރިއަޑްގައި، އެހެން ޓީމަކުން ވިކްޓްރީއަށް ސޮއި ކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ.

މީގެ އިތުރުން މިދިޔަ ސީޒަންގައި ވެސް އެޓީމަށް ކުޅުނު ހުސައިން ޝިހްބާން (ބައްޓޭ) އާއި ޔާސީން ފިރާގް ވަނީ އެޓީމުގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

"އަދިވެސް ބައެއް ކުޅުންތެރިންނާ މިދަނީ ވާހަކަ ދައްކަމުން އެކުޅުންތެރިންގެ ކޮންފަމޭޝަން ލިބުމުން އެ ކުޅުންތެރިންނާއެކު ވެސް އެއްބަސްވުމަކަށް ދާނަން." ނަޒީމް ވިދާޅުވި އެވެ.

ނިއު، 2013 ވަނަ އަހަރު ސީޒަންގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާތާޔެއް ކާމިޔާބު ކުރިއިރު ނިޔާ ވަނީ ނއިުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އެ އަހަރު އޭނާ ދެއްކި މޮޅު ކުޅުމާ އެކު ގައުމީ ޓީމުން ވެސް އޭނާ އަށް ފުރުސަތު ދިނެވެ.