ޓޫރިޒަމް

14 ފެއާއެއްގައި މިއަހަރު ރާއްޖެ އިޝްތިހާރު ކުރާނެ

Jan 14, 2017

ރާއްޖެ އިޝްތިހާރު ކުރަން މި އަހަރު 14 ފެއާއެއްގައި ބައިވެރިވާނެ ކަމަށް، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.

އެމްއެމްޕީއާރްސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު "އަވަސް" އަށް ވިދާޅުވީ ރާއްޖެ އިޝްތިހާރު ކުރުމަށް މި އަހަރު 14 ފެއާއެއްގައި ބައިވެރިވާނެ ކަމަށާއި، ނަމަވެސް މި އަހަރު ހަމައެކަނި ފެއާތަކުގައި ބައިވެރިވުމުގެ އިތުރުން ގިނަ ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ. މިގޮތުން އޮންލައިން މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުން ވަރުގަދަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރު ބައިވެރިވާ 14 ފެއާ

  • މެޑްރިޓް ފިތޫރު ފެއާ: ޖެނުއަރީ 18-22 އަށް
  • ޑުސިލްޑޯފް، މެޑްރިޑް، ބޫޓް ފެއާ: ޖެނުއަރީ 21-22 އަށް
  • ތުރުކީ އިސްތަމްބޯލް، އީއެމްއައިޓީ ފެއާ: ފެބްރުއަރީ 26-29 އަށް
  • ސުވިޒަލޭންޑް ޒިއުރިކް ފެސްބޯ ފެއާ: ޖެނުއަރީ 26-29 އަށް
  • މުމްބާއީ، އިންޑިޔާ އޯޓީއެމް ފެއާ: ފެބްރުއަރީ 21-23 އަށް
  • ޖާމަނީ، ބާލިން އައިޓީބީ ފެއާ: މާޗް 8-21 އަށް
  • މޮސްކޯ، ރަޝިޔާ، އެމްއައިޓީ ފެއާ: މާޗް 14-16 އަށް
  • ޗައިނާ، ބެއިޖިން ކޮޓޮމް ފެއާ: މާޗް 29-31 އަށް
  • ޖަޕާން، މެރިން ޑައިވް ފެއާ: އެޕްރީލް 7-9 އަށް
  • ދުބާއީ، އޭޓީއެމް ފެއާ: އެޕްރީލް 24-27 އަށް
  • ޖަޕާން، ޓޯކިއޯ ޖަޓާ ފެއާ: ސެޕްޓެމްބަރު 21-24 އަށް

ރާއްޖެ އިޝްތިހާރު ކުރާނެ ފެއާތައް މި އަހަރު ކަނޑައަޅާފައިވަނީ، ގިނަ ގޮތްތަކުން ބަލާފައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށް ގެނެސްފައިވާ ބަދަލުގެ ދަށުން، މި އަހަރު އޮންލައިން މެދުވެރިކޮށް ގިނަ މާކެޓިން ހަރަކާތްތަކެއް ހިންގާނެ ކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފަ އެވެ. މި ބަދަލު ގެނައުމުގެ ގޮތުން ވިޒިޓް މޯލްޑިވްސް ސައިޓު ބޮޑު ބަދަލުތަކާއެކު އަލުން ވަނީ ލޯންޗް ކޮށްފަ އެވެ. މިގޮތުން ގެނެސްފައިވާ މުހިންމު އެއް ބަދަލަކީ ވެބްސައިޓުގައި 15 ބަހުން ކިޔައިލުމުގެ ފުރުސަތު ލިބޭނެ އެވެ.