އުރީދޫ

75 ޕަަސަންޓް ރަށަށް އުރީދޫ 4ޖީ ޕްލަސް ފޯރުކޮށްދީފި

Jan 11, 2017
1

އުރީދޫއިން އިތުރު 100 ރަށަށް 4ޖީ ޕްލަސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައި ރާއްޖޭގެ 75 ޕަސަންޓް ރަށަށް 4ޖީ ޕްލަސް ނެޓްވޯކް ފުޅާކޮށްފި އެވެ.

މުއާސަލާތީ އެ ކުންފުނިން ބުނީ މި އަޕްގްރޭޑް އާއިއެކު، ބ. އަތޮޅާއި ޅ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅާއި ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅާއި ގއ، ގދ މި ދެ އަތޮޅާއި ފުވައްމުލަކާއި އައްޑު އަތޮޅުގައި އުރީދޫގެ 4G+ ނެޓްވޯކްގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އުރީދޫގެ ކޮންމެ ކަސްޓަމަރަކުވެސް 4G ސިމްކާޑެއް ލައްވައި 4G+ ފޯނެއް މެދުވެރިކޮށް، މި ހިދުމަތް ލިބޭ ސަރަހައްދުތަކުން، އިތުރު އަގަކާ ނުލާ، އުރީދޫގެ 4G+ ނެޓްވޯކް މިހާރު ބޭނުން ކުރެވެއެވެ.

އުރީދޫ ކަސްޓަމަރުން މިހާރު ބޭނުންކުރާ ސިމް ކާޑުން 4G+ ކޮމްޕެޓިބަލްތޯ ޗެކުކުރަން، ''4G" ޖެހުމަށް ފަހު، 5353 އަށް އެސްއެމްއެސް ކޮށްގެން ޗެކް ކުރެވޭނެ އެވެ. މި މަސް ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކަށް އުރީދޫ 4G+ ނެޓްވޯކް ފުޅާ ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.