ކަނޑުމަތީގެ ހާދިސާ

ބޯޓު ރޯވެ ކަނޑަށް ގެއްލުނު 10 މީހުން ފެނިއްޖެ

Jan 11, 2017
2

ލޭނު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް އަލިފާން ރޯވި ބޯޓުން ގެއްލުނު ނުވަ މީހުން ފެނިއްޖެ އެވެ. ނަމަވެސް އެމީހުންގެ ހާލާބެހޭގޮތުން އަދި މައުލޫމާތެއް ސާފެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ ބޯޓުގައި ރޯވެ ހާދިސާ ހިނގި ސަރަހައްދަށް އެކުންފުނީގެ އެހެން ބޯޓެއް ގޮސް ރޯވި ބޯޓުން ދަތުރުކުރި 10 މީހުން ވެސް ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފައިވާ ކަމަށެވެ. ކަނޑުވި މީހުން ސަލާމަތް ކުރުމަށް، އެމްއެންޑީއެފްގެ ކޯސްޓް ގާޑް އިތުރަށް، ވައިގެ މަގުން މޯލްޑިވިއަން ވެސް ހަރަކާތްތެރިވި އެވެ. މީހުން ސަލާމަތް ކުރީ "ސްޕެއާ 10" ނަމަކަށް ކިޔާ ބޯޓަކުންނެވެ.

ކަނޑުމައްޗަށް މީހުން ގެއްލުނު ހާދިސާގައި ރޯވީ "މާކޯ ޕޯލޯ 2" ނަމަކަށް ކިޔާ ބޯޓެއްގަ އެވެ. އެ ބޯޓުގައި އަލިފާން ރޯވެ އޭގައި ތިބި މީހުން ކަނޑަށް ގެއްލުނީ ރޭ 9:30 އެހާކަންހާއިރު ގދ. ތިނަދޫގެ 323 މޭލު ބޭރުންނެވެ. އޭރު ބޯޓު އޮތީ ރާއްޖެއާ 43 މޭލު ދުރުގަ އެވެ.

ބޯޓުގެ މައުލޫމާތު ލިބުމުން ކޯސްޓްގާޑަށް ދެވުނު އިރު އެ ބޯޓު އޮތީ އެއްބައި އަޑީގަ އެވެ. އޭރު ބޯޓުގައި ތިބި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް ފަހުން ބެލި އިރު އެ މީހުން ކަނޑުމަތީގައި ތިއްބާ ސަލާމަތް ކުރީ ކުންފުނީގެ އެހެން ބޯޓަކުންނެވެ. އޭރު މާކޯ ޕޯލޯ 2 ބޮޑުބައިވަނީ އަނދާފަ އެވެ.

ރޯވި ބޯޓަކީ އީ-ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. އެ ބޯޓުގައި 10 މީހުން ތިއްބެވެ. އަދި އޭގެ ތެރޭގައި އިންޑޮނޭޝިއާގެ ނުވަ މީހުންނާއި ދިވެއްސަކު ހިމެނެ އެވެ. އެ މީހުންގެ މައުލޫމާތު މިހާރު ވަނީ ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފަ އެވެ.