ރާއްޖެ ކުޅިވަރު

އޭޝިއާގެ ސްވިމިން ފެޑްރޭޝަންގެ ޑިވެލޮޕްމެންޓް ކޮމިޓީއަށް ޗަމްޕީ

Jan 11, 2017

އޭޝިއާގެ ސްވިމިން ފެޑްރޭޝަންގެ ސޮލިޑާރިޓީ އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މެންބަރު ކަމަށް ރާއްޖޭގެ ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދު ސައްތާރު (ޗަމްޕީ) ހޮވައިފި އެވެ.

އޭނާގެ އިތުރުން ސްވިމިން އެސޯސިއޭޝަންގެ ހަޒާންދާރު އަލީ ޝަމީމު ވަނީ ސްވިމިން ފެޑްރޭޝަންގެ ފައިނޭންސް އެންޑް މާކެޓިން ކޮމިޓީގެ މެންބަރަކަމަށް ވެސް ހޮވާފަ އެވެ.

ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޗަމްޕީ އަކީ އޮލިމްޕިކް ކައުނސިލް އޮފް އޭޝިއާގެ ސްޕޯޓްސް ފޯ އޯލް ކޮމިޓީގެ މެންބަރެއް ވެސް މެއެވެ.

މިއީ ރާއްޖޭގެ ސްވިމިން އެސޯސިއޭޝަންގެ މެންބަރުން ތަކަކަށް އޭޝިއާގެ ސްވިމިން ފެޑްރޭޝަންގެ މަގާމެއް ތަމްސީލު ކުރާ ފުރަތަމަ ފަހަރެވެ.