chattelegramwhatsappviber google-plus twitter facebook

ރާއްޖެ ކުޅިވަރު

އިތުރު ދެ އަހަރަށް އީގަލްސްގައި މަޑުކުރަން ސާންތީ ނިންމައިފި

ކުލަބު އީގަލްސްގެ ކޯޗުގެ ގޮތުގައި އިތުރު ދެ އަހަރަށް އެ ޓީމުގައި މަޑުކުރަން މިދިޔަ ތިން އަހަރު ވެސް އެ ޓީމަށް ކޯޗް ކޮށް ދިން އިހްސާން އަބްދުލް ގަނީ (ސާންތީ) ނިންމައިފި އެވެ.

ސާންތީގެ ކޯޗު ކަމުގެ ދަށުން އީގަލްސް ވަނީ މިދިޔަ ސީޒަންގެ ޕްރެޒިޑެންޓް ކަޕް ޗެމްޕިއަންކަން ހޯދާފަ އެވެ.

"ކޮންޓްރެކްޓްއި ސޮއެއް އަދި ނުކުރަން، ނަމަވެސް މެނޭޖްމެންޓުން ހުށަހަޅާފައިވާ ހުށަހެޅުމަށް އަޅުގަނޑު ވާނީ އާ އެކޭ ބުނެފައި،" ކޮންޓްރެކްޓް އާ ކުރަން ނިންމައި އަވަސް އަށް ދިން އިންޓަވިއުގައި ސާންތީ ބުންޏެވެ.

ސާންތީ ބުނީ މި އަހަރުގެ އެންމެ ބޮޑު އަމާޒަކީ މާލޭ ލީގް ގަދަ ހަތަރެއްގެ ތެރޭގައި ހިމެނި ޕްރިމިއާ ލީގަށް ކޮލިފައިވުން ކަމަށާއި އެހެން މުބާރާތްތަކަށް ފޯކަސް ކުރުން އޮތީ އެއްފަހު ކަމަށެވެ.

މި އަހަރު ފުޓްބޯޅައިގެ އޮނިގަނޑު ވެސް ތަފާތު، މިދިޔަ އަހަރުވުރެ ޓީމުތައް ވެސް ވަރުގަދަ އެހެންވެ އަޅުގަނޑުގެ ފުރަތަމަ އަމާޒަކީ މާލޭ ލީގް ގަދަ ހަތަރެއް،"

އީގަލްސްގެ ޕްރެކްޓިސް މިއަންނަ ހޮނޮހިރު ދުވަހު ބޭއްވުމަށް އެކުލަބުން ވަނީ ޓާގެޓޤ ކޮށްފަ އެވެ.

ފަހުގެ ޚަބަރު