ފޭރުން

ރެއިންބޯގެ 200،000 ރުފިޔާ ފޭރުނު ކުއްޖަކާއި ތިން މީހުން ހައްޔަރުކޮށްފި

Jan 15, 2017
ރެއިންބޯގެ ފިހާރައެއް: އެ ކުންފުނީގެ ފިހާރައަކުން ވަނީ ގިނަ އަދަދެއްގެ ފައިސާފޭރިފައި
0%
0%
0%

މި މަހުގެ ދެވަނަ ދުވަހުގެ ރެއިންބޯ ފިހާރައެއްގެ 200،000 ރުފިޔާއަށް ވުރެ ގިނަ ރުފިޔާ، ރެއިންބޯގެ ހެޑް އޮފީހަށް ގެންދަނިކޮށް އެ ފައިސާތައް ފޭރުނު މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ 17 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާއި އިތުރު ތިން މީހުންނެވެ. އެންމެންނަކީ ވެސް ދިވެހިންނެވެ. ފުލުހުން ބުނީ އޭގެ ތެރެއިން އެކަކު ހައްޔަރު ކުރީ މި މަހުގެ 10 ގައި ކަމަށާއި ކުޑަ ކުއްޖާ 11 ވަނަ ދުވަހު ހައްޔަރު ކުރި އިރު އަނެއް ދެ މީހުން ހައްޔަރު ކުރީ އިއްޔެ އާއި އޭގެ ކުރީ ދުވަހު ކަމަށެވެ.

އަދި ބުނީ މި މައްސަލާގައި ފޭރުނު ފައިސާތައް ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނަ އިރު ތުހުމަތުކުރެވޭ އިތުރު ބަޔަކު ހޯދުމުގެ މަސައްކަތްވެސް ކުރާ ކަމަށެވެ.

ހައްޔަރު ކުރި މީހުންގެ ބަންދު ޖަހައި މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345