ދުނިޔެ

އޭޝިޔާގެ ކަނޑުފޭރޭމީހުން މިހާރު ކަޅިއަޅަނީ ބޮޑެތި އުޅަނދުތަކަށް

އާގުބޯޓެއް ދަތުރުކޮށްފައި ދާއިރު ކަނޑުގެ ސިފައިންގެ ބަޔަކު ސަރަހައްދު ބަލަހައްޓަނީ. ފޮޓޯ: ވޯލްޑް މެރިޓައިމް ނިއުސް
0%
0%
0%

އޭޝިޔާ ގައި އުޅޭ ކަނޑުފޭރޭ މީހުން މިހާރު މަސައްކަތް ކުރަނީ ވީހާވެސް ބޮޑެތި އުޅަނދުތައް ހިފަހައްޓަން ކަމަށް ކަނޑުފޭރުން ހުއްޓުވަން މަސައްކަތް ކުރާ ސަރަހައްދީ ޖަމާއަތުން ބުނެފިއެވެ.

އެޖަމާތުން ބުނީ ސޫލޫ ސެލެބްސް ކަނޑުން ދަތުރުކުރާ ކުދި ޓަގްތަކާއި މަސްބޯޓް ފަހަރަށް ކަނޑުފޭރޭ މީހުން މިހާރު ހަމަލާ ނުދޭ ކަމަށެވެ. އަދި ބުނީ ފޭރޭ މީހުންގެ އަމަލުތައް އެގޮތަށް ބަދަލުކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ކަމަށެވެ. ކަނޑުފޭރޭމީހުން ބޮޑެތި ބޯޓް ފަހަރު ހިފަހައްޓަން ބޭނުންވަނީ ބޮޑެތި ބޯޓްފަހަރު ދުއްވާނީ ބޮޑެތި ކުންފުނި ތަކުން ކަމަށް ވާތީ ފަޅުވެރިން ސަލާމަތްކުރުމަށް ފިދުޔައިގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދޭނެ ކަމަށް ބަލައިގެންނެވެ.

ކަނޑުފޭރޭ މީހުން އެގޮތަށް މަސައްކަތް ކުރަން ފެށުމުން އިންޑޮނޭޝިއާއާއި މެލޭޝިއާއާއި ފިލިޕީންސުން ވަނީ ކަނޑާއި ވައިގެ މަގުން ސަރަހައްދު ޕެޓްރޯލު ކުރުން އިތުރުކޮށްފަ އެވެ. ކަނޑުފޭރޭ މީހުން ހަރަކާތެރިވާ ސަރަހައްދަކީ އަހަރަކު 40 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި މުދާ އުފުލާ ސަރަހައްދެކެވެ.

އޭޝިއާ ސަރަހައްދުގައި ކަނޑުފޭރުން ހުއްޓުވުމަށްޓަކައި ސޯމާލިޔާގެ ކަނޑުފޭރޭ މީހުންނާއި އިންޑިއާ ކަނޑުގެ ކަނޑުފޭރޭ މީހުންނާ ދެކޮޅަށް ބޭނުންކުރާ އުކުޅުތައް ބޭނުންކުރުމަށް ކަނޑު ދަތުރުފަތުރާ ބެހޭ މާހިރުން ވަނީ ލަފާދީފައެވެ. އެގޮތުން ކުރަން ލަފާދީފައިވާ ކަންތައްތަކުގެ ތެރޭގައި ބޯޓްފަހަރު ބާރަށް ދުއްވުމާއި ފޭރޭ މީހުންނަށް އުނދަގޫވާ ފަދަ ގަދަ އަލިތައް ފޮނުވުން ހިމެނެއެވެ.

މިދިޔަ އަހަރުގެ މާޗްމަހުން ފެށިގެން މިހައި ތަނަށް ސޫލޫ ސެލެބްސް ކަނޑުން ދަތުކުރި ކުރި 16 އުޅަނދެއް ކަނޑުފޭރޭ މީހުން ވަނީ ހިފަހައްޓާފަ އެވެ. އެއުޅަނދުތަކުގައި ތިބި 48 މީހަކު ފޭރޭމީހުން ވަނީ ރަހީނުކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345