އެސްޓީއޯ

އެސްޓީއޯ އިން ފިލިޕްސް ލައިޓްސް ވިއްކަން ފަށައިފި

Jan 16, 2017

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްސް އިން ދުނިޔޭގެ އެއްވަނަ ލައިޓްސް ބްރޭންޑް، ފިލިޕްސް ލައިޓްސް ރާއްޖޭގެ އެތެރެކޮށް ވިއްކަން ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ މިހާރު އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ލިބެން ހުންނާނީ ގޭބިސީތަކަށް ބޭނުން ކުރެވޭ އެލްއީޑީ އަދި ސީއެފްއެލްގެ ފިލިޕްސް ލައިޓްސްތައް ކަމަށެވެ. އަދި އިންޑަސްޓްރިއަލް، އޮފީސް، ޑެކަރޭޓިވް އަދި އައުޓްޑޯ ގައި ބޭނުން ކުރެވޭ ކޮލިޓީ ފިލިޕްސް ލައިޓްގެ ތަފާތު ވައްތަރުތައް ކުރިއަށް އޮތް ތިންމަސް ދުވަސް ތެރޭގައި ލިބޭނެ ކަމަށެވެ.

މި ބްރޭންޑްގެ ލެޑް ލައިޓް އަށް އިންޓަނޭޝަނަލް ދެ އަހަރު ދުވަހުގެ ވޮރަންޓީ އެސްޓީއޯ އިން ދެއެވެ. ފިލިޕްސް ލައިޓްސްގައި ކަސްޓަމަރުނަށް މިހާރު ދިމާވާ އަލީގެ މައްސަލަ ހައްލުވާނެއެވެ.