ރާއްޖެ ކުޅިވަރު

އުންމީދީ ކުޅުންތެރިޔާގެ އެވޯޑް އީގަލްސްގެ ރިޒޭ އަށް!

Jan 17, 2017

މިދިޔަ އަހަރުގެ އެންމެ އުންމީދި ކުޅުންތެރިޔާގެ އެވޯޑް ކުލަބު އީގަލްސްގެ އަހްމަދު ރިޒްވާން (ރިޒޭ) ހޯދައިފި އެވެ.

މިރޭ ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްގައި ރިޒޭ އެންމެ އުއްމީދީ ކުޅުންތެރިޔާގެ އެވޯޑް ހޯދީ ޓީސީގެ ނާއިޒު ހަސަން (ދާދު) އާއި އީގަލްސްގެ ވައިސް ކެޕްޓަން އަންސަރު އިބްރާހިމް (އަންކޮ)އާ ވާދަކޮށެވެ.

މިދިޔަ ސީޒަންގައި އީގަލްސް ޕްރެޒިޑެންޓް ކަޕް ޗެމްޕިއަންކަން ހޯދިއިރު، މުޅި ޓީމުގައި ވެސް އެންމެ ހާއްސަ ކުޅުންތެރިޔަކީ ރިޒޭ އެވެ.

ފައިނަލުގައި އީގަލްސް މެޗުން މޮޅު ކޮށްދިން ލަނޑު ކާމިޔަބު ކުރީ ރިޒޭ އެވެ.

މީގެ އިތުރުން ޔޫތު ޗެމްޕިއަންޝިޕް އީގަލްސް ހޯދިއިރު، އޭނާ ވަނީ ޓީމުގައި މުހިންމު ރޯލެއް އަދާ ކޮށްފަ އެވެ. އަދި އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާގެ ނަން ހިމެނުނެވެ.