އެމްޓީސީސީ

"ކަށަވަރު ޕްރޮމޯ" ގެ ނަސީބުވެރިޔާއަށް އިންޖީނެއް

Jan 17, 2017

އެއް ލައްކަ ރުފިޔާގެ އަގު ބޮޑު، ސުޒުކީ އައުޓްބޯޑް އިންޖީނެއް ހުށަހަޅާފައިވާ، އެމްޓީސީސީ "ކަށަވަރު ޕްރޮމޯ" ގެ ނަސީބުވެރިޔާ މިއަދު ހޮވައިފި އެވެ.

އެމްޓީސީސީއިން މުޅި ރާއްޖޭގައި މި ދިޔަ މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގެ ގުރުއަތު ނެގުން އޮތީ އެމްޓީސީސީ ކަށަވަރު ފިހާރައިގައި މިއަދު އެވެ. މިފަހަރު އިނާމަކަށް ހުށަހަޅާފައިވާ 30 ހޮސްޕަވަރުގެ ސުޒުކީ އައުޓް ބޯޑް އިންޖީނު ލިބުނީ ކ. ގާފަރު ނޫމާގޭ، ޔައުގޫބް އަބްދުލްކަރީމަށެވެ.

މި ޕްރޮމޯޝަންގައި "ކަށަވަރު" ފިހާރަ އިން ވިއްކާ ތަކެތިން ބޮޑު ޑިސްކައުންޓެއް ވެސް ދިނެވެ.

ކޮންމެ އަހަރެއްގެ ފަހުކޮޅު ކުރި އަށް ގެންދާ "ކަށަވަރު ޕްރޮމޯ" ގެ އިތުރުން މުޅި އަހަރު ގިނަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދެ އެވެ. މިގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަންތަކުގެ ތެރޭގައި "ސުޒުކީ ފޯރި" ޕްރޮމޯޝަންގެ ހިމެނެ އެވެ.