އެމްޓީސީސީ

އެމްޓީސީސީން ކުދި ދޯނިފަހަރަށް ހާއްސަ އިންޖީނެއް ނެރެނީ

Jan 17, 2017

ކުދި ދޯނި ފަހަރަށް ހާއްސަ އިންޖީނެއް ރާއްޖޭގެ ބާޒާރަށް ނެރެން އެމްޓީސީސީއިން ތައްޔާރު ވެއްޖެ އެވެ. މި އިންޖީނަކީ "ޔަންމާ" ބްރޭންޑުގެ 35 ހޯސްޕަވަރުގެ އިންޖީނެކެވެ.

އެމްޓީސީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ޕްރޮޑަކްޓް އޮފިސަރު ސާމިހް ޝެހެނާޒް ވިދާޅުވީ އަލަށް ނެރޭނީ 3.5 ގެ ގިޔަރު ބޮކްސްއެއް ހިމެނޭ އިންޖީނެއް ކަމަށާއ، އެއީ 35 ފޫޓަށް ވުރެ ކުދި ދޯނި ފަހަރަށް ހާއްސަކޮށް އުފައްދާފައިވާ އިންޖީނެއް ކަމަށެވެ.

"މިއީ ކުދި އަދި މެދު ފަންތީގެ އޮޑިފަހަރަށް ހާއްސަ އިންޖީނެއް،" ސާމިހް ވިދާޅުވި އެވެ.

އެ ކުންފުނިން މި އިންޖީނު ވިއްކާގެ ސީދާ އަގެއް ނުބުނެއެވެ.

ޔަންމާ އިންޖީނަކީ ރާއްޖޭގައި އެންމެ ފުރަތަމަ އޮޑިއެއްގައި ބޭނުންކުރި އަދި ގިނަ ބައެއް އިތުބާރު ހޯދާފައިވާ އިންޖީނެވެ. މި އިންޖީނު ރާއްޖޭގައި ވިއްކާތާ ބައި ގަރުނަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.