ވިޔަފާރި

ދުނިޔޭގެ އެންމެ މީރު ފިޝް އެންޑް ޗިޕްސް "އަމިއްލަ ފުށީ" ގައި

Mar 17, 2015
2

ރާއްޖޭގެ ލަގްޒަރީ ރިސޯޓެއްގައި ދުނިޔޭގެ އެންމެ މީރު ފިޝް އެންޑް ޗިޕް ލިބެން ހުރެދާނެ ހެއްޔެވެ؟ ޖަވާބަކީ ލިބިދާނެ އެވެ. މި މީރު ފިޝް އެންޑް ޗިޕްސް ލިބެން ހުރީ މި އަހަރު ރާއްޖޭގައި ހުޅުވި ހިތްގައިމު "އަމިއްލަ ފުށި" ރިސޯޓުގަ އެވެ.

ބ. އަތޮޅުގައި ހުޅުވާފައިވާ އަމިއްލަ ފުށި ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް މި މީރު ފިޝް އެންޑް ޗިޕްސް ކައިލުމުގެ މަގު ފަހިވާނެ އެވެ. ޔުނެސްކޯ އިން ހިމާޔަތް ކޮށްފައިވާ ކަނޑުގެ ހެރިޓޭޖު ސަރަހައްދު އޮންނަ ބ. އަތޮޅުގައި ހުޅުވާފައިވާ އަމިއްލަ ފުށި ރިސޯޓުގައި ފިޝް އެންޑް ޗިޕްއަށް ހާއްސަ ތަނެއް ހުރެ އެވެ.

އޮސްޓްރޭލިޔާގެ މަޝްހޫރު ޝެފް އަދި ރެސްޓޯރެންޓް ބްރޭންޑް "ލޫކޭ މެންގަން" ގެ ކުޅަދާނަ ހުނަރުވެރިކަމުން އުފައްދާ މި މީރު ފިޝް އެންޑް ޗިޕް ކައިފި މީހަކު ހިތުން ނުފިލާނެ އެވެ. މި އުފެއްދުން ތައްޔާރު ކޮށްފައި ހުންނަނީ ދިވެހި މަސްވެރިން ބާނާ ތާޒާ މަސް ބޭނުންކޮށްގެންނެވެ.

އާއިލީ ރިސޯޓެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ފަސް ތަރީގެ އަމިއްލަ ފުށީގައި 71 ކޮޓަރި ހުރެ އެވެ. "އަމިއްލަފުށީގައި 1200 މީޓަރުގެ ސުވިމިން ޕޫލަކާއި 15 ކޮޓަރީގެ ސްޕާއެއްގެ އިތުރުން ފިޓްނަސް ޕެވިލިއަންއެއް ވެސް ހުރެ އެވެ.